ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/35
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 03 ޖުލައި 2026 23:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫ ބަނދަރުމަގު ޖަހާފައިހުރި ސޯލާތަކުގެ ދަށުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިގުޅޭ.

            ވޭމަންޑޫ ބަނދަރުމަގު ޖަހާފައިހުރި ސޯލާތަކުގެ ދަށުގައި ތަފާތު ބާވަތްތަކުގެ ތަކެތި ބަހައްޓާފައި ހުރިކަން ފާހަގަކުރެވި، އެތަކެތި ނަގައި އެސަރަޙައްދު ސާފުކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

            ވީމާ، ބަނދަރުމަގުގެ ސޯލާދަށުގައި ބަހައްޓާފައިވާ ހުރިހާ ތަކެތި، 03 ޖުލައި 2026  ވާ ހުކުރު ދުވަހުގެ 23:00 ގެ ކުރިން، އެތަކެތީގެ ވެރިފަރާތުން ނަންގަވައި ދެއްވުން އެދެމެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ނުނަންގަވައި ހުރި ތަކެތި ކައުންސިލުން ނައްތާލެވޭނެ ކަމުގައި ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2026