މަސައްކަތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 05 ޖުލައި 2026 14:00
ކޮޅުމަޑުލު ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު: މި ކޯޓުގެ ޝަރީޢަތްކުރާ މާލަމްގެ ބެކްޕެނަލް ހެދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި ކޯޓުގެ ޝަރީޢަތްކުރާ މާލަމުގެ ކޮޅުބިތުގައި ލަކުޑި ފިލާ ޖަހައިގެން ބެކްޕެނަލް ތައްޔާރުކޮށް ހަރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން  5 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މަސައްކަތުގެ އަގާއި މުއްދަތު ހިމެނޭ ގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތާ ބެހޭ މަޢުލޫމާތު:

  • ކޯޓުރޫމްގެ ބެކް ޕެނަލް ހަދާނީ ބެކް ޕެނަލް ހެދުމަށް ކުރެހުމުގައި ދައްކާފައިވާ މެޓީރިއަލްސް ބޭނުންކޮށްގެން ކުރެހުމުގައިވާ ގޮތަށެވެ. ބެކް ޕެނަލް ގެ ފުޅާމިނަކީ ކޯޓްރޫމްގެ ފުޅާމިމެނެވެ. އުސްމިނަކީ ކޯރޫމްގެ އުސްމިނެވެ. (ފުޅާމިން: 13 ފޫޓް 9 އިންޗި، އުސްމިނަކީ 8 ފޫޓް 4 އިންޗި)

-          މިގޮތުން ޕެނަލް ހަރުކުރުމަށް ބޭނުންކުރާ ފަތީގެ ގޮތުގައި ބޭނުންކުރާނީ 50 އެއެމްއެމްގެ ހާޑްވުޑް ލަކުޑިފައްޗެއްވެ.  ފަރުގައި ފަތި ހަރުކުރާނީ 2 ފޫޓު 2 ފޫޓުގެ ދުރުމިނުގައެވެ.  ޕެނަލްގެ އެންމެ މަތީ ގެ ލަކުޑި ފަތީގެ ދަށުން ކުރެހުމުގައި ދައްކާފައިވާ ތަނުގައިވެސް ފަތި އަޅަންވާނެއެވެ.

-          ޕެނަލްގައި ހަރުކުރާ ނަޔާތޯ ފިލާ ތަތްކުރުމުގެ ކުރިން 3 އެމްއެމްގެ އާދައިގެ ޕްލައިވުޑް ފިލާ ރަނގަޅަށް ލެވެލްކޮށް ބިތުގައި ޖަހަންވާނެއެވެ.

-          ބޭރަށް ފެންނަބައިގައި ޖަހާ ފިލާގެ ގޮތުގައި ބޭނުންކުރާނީ ނަޔާތޯ ޕްލައިޑް 3 އެމްއެމްގެ ފިލައެވެ.

-          ނަޔާތޯ ފިލާގައިހަރުކުރާ ފަތީތަކުގެ ގޮތުގައި ބޭނުންކުރާނީ ގޮއްނެއް ރެޑްމެރެންޓީ ލަކުޑި ފައްޗެވެ. 

-          ޕެނަލްގައި ހަރުކުރާ ނަޔާތޯ ފިލަޔާއި، ނަޔާތޯ ފިލާގައި ހަރުކުރާ ފަތިތައް ހުންނަންވާނީ ރަނގަޅަށް އޮމާންކޮށް ވަރުނީސްކޮށްފައެވެ. ވަރުނީސްގެ ގޮތުގައި ބޭނުންކުރާނީ ކްލިއަރ ވަރުނީސްއެކެވެ.

-          ޕެނަލްގައި ހަރުކުރާ ނަޔާތޯ ޕްލައިވްޑް ފިލާ ހަރުކުރަންވާނީ މަތިން ތިރިއަށް ދިގުމިން ހުންނަގޮތަށެވެ.

-          ޕެނަލްގެ ފުޅާމިން ބަހައްޓާނީ ޕެނަލް ހަރުކުރާ ފާރުގެ ފުޅާމިނެވެ. އުސްމިން ބަހައްޓާނީ ސްޓޭޖްގެ މަތީކައިރިން ފެށިގެން ސީލިންގއާހަމައަށެވެ. ކޯނިސްބޯޑަރ އަޅާފައިވާނަމަ، ކޯނިސްބޯޑަރގެ ތިރީގައިރިއާ ހަމައަށެވެ.

-          ބެކްޕެނަލް ހަރުކުރުމަށް ފާރުގައި ފަތިއެޅުމަށްފަހު، އާދައިގެ ޕްލައިވްޑް ފިލާ އިސްކުރު ޖަހައި ރަހައަށް ހަރުކުރުމަށްފަހު، ނަޔާތޯ ޕްލައިވުޑް ފިލާ ބަހައްޓަންވާނީ ރަހަކުރުމަށްފަހު، ހުރިހާ ހިސާބެއް ރަހައަށްވާގޮތައް ރަނގަޅަށް ތަތްކޮށްފައެވެ. ދެފިލާ ޖެހޭތަން ހުންނަންވާނީ ހިމޫންކޮށް އެއްވަރުކުރެވިފައެވެ.

-          ފާރުގައި ހަރުކުރާ ފަތިކާއި، ޕްލައިވްޑް ފިލާގައި ސޮލިގްނަމް އުނުގުޅަންވާނެއެވެ.

-          ޕެނަލްގައި ނަޔާތޯ ފިލާ ހަރުކުރާއިރު، ފުރަމަތަ ފިލާ ހަރުކުރަންވާނީ ޕެނަލްގެ މެދަށްވާގޮތަށެވެ. ދެންޖަހާ ފިލާތައް ޖަހަންވާނީ ދެފަރާތައް ހަމަހަމަވާގޮތަށެވެ.

-          ކުރެހުމުގައި އާޔަތްފިލާ ހަރުކުރުމަށް ދާކާފައިވާ ތަނުގައި ގޮޅި ބޯޑަރ އަޅާނީ އާޔަތްފިހާ ހަރުކުރުމަށް،  56 އިންޗީގެ ބައެއް ބޭއްވުމަށްފަހުގައެވެ.  ބިއްގަނޑު ހަދާފަރާތުން އާޔަތް ފިލާ ހަދާކަށް ނުޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. ހުށަހަޅާ ކޯޓޭޝަން ނުވަތަ ބީލަމުގައި ވިޔަފާރީގެ ނަމާއި ރަޖިސްޓަރީ ނަންބަރު އެނގެން އޮންނަންވާނެއެވެ.
  • މި މަސައްކަތަށް އަގު ހުށަހަޅަން ބޭނުންކުރުން އެދެވިގެންވަނީ މި އިޢުލާނާއެކުގައި ޢާންމުކޮށްފައިވާ ފޯމެޓެވެ. އަދި އަމިއްލަ ފޯމެޓެއްގައި ކޯޓޭޝަން ހުށަހެޅިކަމުގައި ވީ ނަމަވެސް މަސައްކަތާއި ތަކެތީގެ އަގު ވަކިން، އަދި މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު ވަކިން އެނގެން އޮންނަންވާނެއެވެ.
  • މި މަސައްކަތް ޙަވާލުކުރެވޭނީ، ޝަރުޠުހަމަވާ ބީލަން/ކޯޓޭޝަން ތަކުގެ ތެރެއިން ތިރީގައިވާ އުސޫލުން މާކްސް ދިނުމުން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

ކްރައިޓީރިއާ

މާކްސް ދެވޭނެ އުސޫލު

ލިބޭނެ އެންމެ މަތީ މާކްސް

ހުށަހަޅާފައިވާ ޖުމްލަ އަގު (މަސައްކަތާއި ތަކެތީގެ ޖުމްލަ އަގު)

އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ނިސްބަތުން މާކްސް އުނިކުރާ ގޮތަށް

85

މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު

އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ނިސްބަތުން މާކްސް އުނިކުރާ ގޮތަށް

10

މިބާވަތުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ

ސަރުކާރުގެ އިދާރާ، ސަރުކާރު ޙިއްސާވާ ކުންފުނި ނުވަތަ ސްޓޮކް އެސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުން ދޫކޮށްފައިވާ ލަކުޑިއާއި ވަޑާމުގެ މަސައްކަތް ހިމެނޭ މަސައްކަތްތައް ފުރިހަމައަށް ކޮށްފައިވާކަމުގެ ލިޔުން ހުށަހެޅުމުން، ހުށަހަޅާ ކޮންމެ ލިޔުމަކަމަށް 1 މާކްސް ދޭ ގޮތަށް

5

  • މަސައްކަތް ޙަވާލުކުރުމާއި މަސައްކަތް ބަލައިގަނެ، ފައިސާ ދޫކުރުމުގައި މާލިއްޔަތު ޤަވާއިދުގައި ކަނޑައަޅާފައިވާ އެންމެހާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

މި މަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ، ނުވަތަ މަސައްކަތް ކުރަންޖެހޭ ތަން ބަލައި ޗެކްކުރުމަށް ބޭނުންވާނަމަ ރަސްމީގަޑީގައި ކޯޓަށް ޙާޟިރުވުމުން އެ ފުރުޞަތު ލިބިދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9949098 ނަންބަރަށް ގުޅުއްވުން އެދެމެވެ.

30 ޖޫން 2026