ދިވެހިރާއްޖެ
އިޢުލާން
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ
ބ.ފެހެންދޫ ޞިއްޙީމަރުކަޒު ހިންގުމަށް މިހޮސްޕިޓަލުން ކުރި ނަންބަރު 1/2015/F15-HP/ފBAH-AHRފ(IUL) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، ބ.ފެހެންދޫ ޞިއްޙީމަރުކަޒު ހިންގުމަށް (2 ކޮޓަރި، ސިޓިންގރޫމް، ފާޚާނާ ހިމެނޭ) އިމާރާތެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ފެހެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގެ ކުއްޔަށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އަގަށް ޕޮއިންޓް ދޭނެގޮތް:
އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތަކަށް ލިބޭނީ 80 ޕޮއިންޓެވެ. (މިގޮތުން ޕޮއިންޓް ދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތަކަށް އެންމެ މަތީ ޕޮއިންޓް ދިނުމަށްފަހު، އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- ގޭގެ ފެންވަރަށް ޕޮއިންޓް ދޭނެގޮތް:
އެންމެ ރަގަނޅު ފެންވަރުގެ ގެއެއް ހުށަހަޅާފައިވާ ފަރާތަކަށް ލިބޭނީ 20 ޕޮއިންޓެވެ. (މިގޮތުން ޕޮއިންޓް ދެވޭނީ، ގެ އިމާރާތްކޮށްފައިހުރި ފެންވަރާއި، ގޭގެ ތަނަވަސްކަމަށް ބަލައި، އެންމެ މަތީ ޕޮއިންޓް ދިނުމަށްފަހު، އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
10 ރަބީޢުލްއާޚިރު 1437