ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން، ވިޔަފާރީގެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުގެ ޤާބިލުކަން އުފެއްދުމަށް ތަންފީޒު ކުރަމުންދާ ޓިއަރ 1 ޕްރޮޖެކްޓަށް، ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ޓްރޭޑް ޕޮލިސީ ކޮންސަލްޓަންޓް |
އަދަދު : 01 |
ފެންވަރު ނުވަތަ ޝަރުޠު:
|
މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް
މުސާރަ: -/33,000 ދިވެހި ރުފިޔާ (އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެ މަތިން)
ވަޒީފާގެ މުއްދަތު: 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ވަޒީފާ
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 00:14 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބޭރުގައި “Job Application – Trade Policy Consultant” މިހެން ލޭބަލް ކުރެވިފައި އޮންނަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް ކުރެއްވުން އެދެމެވެ. އީމެއިލްގައި މަތީގައި ދެންނެވުނު ލިޔުންތައް އެޓޭޗްކުރައްވަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3333174، 3333116 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
10 ރަބީޢުލްއާޚިރު 1436