ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-PMD-S2/1/2026/25
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 09 ޖުލައި 2026 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް

މަޤާމު:

ސީނިއަރ ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް

ބޭނުންވާ އަދަދު:

02 (ދެއެއް)

މަޤާމުގެ ބާވަތް:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

04

މަޤާމުގެ ކްލެސިފިކޭޝަން:

ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

-/9,860 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2,955 ރުފިޔާ

ހާޒިރީ އެލަވަންސް:

-/80 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ  'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމައްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ؛

 2. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. އޮފީހުގެ އޮފީސް މެނޭޖްމަންޓް ސެކްޝަންގެ އަންނަނިވި މަސައްކަތްތައް ކުރުން:

  • ރަސްމީ ގަޑީގައި އޮފީހުގެ ކައުންޓަރު ބެލެހެއްޓުމާއި، ކައުންޓަރަށް އަންނަ ފޯން ކޯލުތަކަށް ޖަވާބުދިނުމާއި، އޮފީހަށް އެކި ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކާއި މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • އޮފީހުގެ އެންޓްރީ ޑިސްޕެޗް ސިސްޓަމް ބެލެހެއްޓުމާއި، އޮފީހަށް ލިބޭ އެންޓްރީތައް ބަލައިގަނެ، ޙަވާލުކުރަންޖެހޭ ޑިވިޜަންތަކާ ޙަވާލުކުރުން.
  • އޮފީހަށް ލިޔުމާއި ތަކެތި ރައްދުކުރަން އަންނަ ފަރާތްތަކުން ގެންނަ ތަކެއްޗާއި ޙަވާލުވެ، އެތަކެތި ރައްދުކުރަންޖޭ ޑިވިޜަންތަކަށް ރައްދުކުރުން.
  • އޮފީހުގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކް ރެކޯޑްތައް ބެލެހެއްޓުން.
  • ސެކްޝަންއަށް އަންނަ ސިޓީތަކާއި ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް، ޖަވާބު ދިނުން.
  • އޮފީސް ހުޅުވައި ލެއްޕުމާއި އޮފީސް ސާފު ތާހިރުކޮށް ބެލެހެއްޓުމާއި އޮފީހުގެ މެއިންޓަނަންސްއާ ގުޅުންހުރި މަސައްކަތްތައް ކަމާ ގުޅުންހުރި ސެކްޝަންތަކާ ގުޅިގެން ވިލަރެސްކުރުން.

2. އޮފީހުގެ ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގެ އިދާރީ އެންމެހައި މަސައްކަތްތަކެއް ކުރުން. މީގެ ތެރޭގައި:

  • އޮފީހުން ތަމްސީލްކުރާ އެންމެހައި މައްސަލަތަކުގެ ކޯޓު ޝެޑިއުލްތައް އަޕްޓޭޑްކޮށް ބެލެހެއްޓުން.
  • އޮފީހުން ތަމްސީލްކުރާ މައްސަލަތަކާ ގުޅިގެން ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ޖަވާބު ފޯމު ނުވަތަ އިސްތިއުނާފަށް ހުށަހަޅަންޖެހޭ މައްސަލަތަކުގައި އިސްތިނާފު ފޯމު ތައްޔާރުކުރުމުގައި އިދާރީ އެންމެހައި އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގައި ޑިވިޜަންގެ އެޓަރނީންނަށް އެހީތެރިވެދިނުމާއި، އެ ފޯމުތަކާއި ލިޔުންތައް ތަރުތީބުކޮށް ޝަރީޢަތަށް ހުށަހެޅުން.
  • ދައުލަތުން ދަޢުވާ ކުރާ މައްސަލަތަކުގައި، ކޯޓުތަކާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވުމާއި އެ ލިޔެކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުން.
  • ދައުލަތުން ދަޢުވާކުރާ މައްސަލަތަކުގައި، ކަމާ ބެހޭ އިދާރާތަކާއެކު ބާއްވަންޖެހޭ އެންމެހައި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި ބައްދަލުވުމުންތަކުގައި ޔައުމިއްޔާ ތައްޔާރުކުރުން.
  • މައްސަލަތަކުގައި ވަޑައިގަންނަވާ އެޓަރނީންގެ މަޢުލޫމާތު ޝަރީޢަތުގެ މަޖިލީހަށް އަންގައި، އެ މަޢުލޫމާތު އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން.
  • ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ޝަރީޢަތަށް ހުށަހަޅައިގެން ހޯދަންޖެހޭ ފައިސާގެ އަދަދުގެ ތަފާސްހިސާބު ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޝަރީޢަތް ނިމުނުގެ ގޮތުގައި ރިޕޯރޓުތައް ހޯދައި މައްސަލައާއެކު ތަރުތީބުކޮށް ބެލެހެއްޓުން.
  • ސެކްޝަންގެ އެންޓްރީ އަދި ޑިސްޕެޗް ބެލެހެއްޓުމާއި، މައްސަލަތަކުގެ ލިޔެކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުމާއި ސެކްޝަންގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.

3. މަޤާމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން:

  • އޮފީހުން އަންގާ ގޮތެއްގެ މަތިން އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.
  • އޮފީހުން އިންތިޒާމްކުރާ އެކި ހަފްލާތަކާއި ޖަލްސާތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  • މަސައްކަތްކުރާ ޑިވިޜަން/ސެކްޝަންގެ ހެޑުން ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ހެޑުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑިތަކުގައި، ކަނޑައެޅިފައިވާ ޑިވިޜަންތަކުން އަންގާގޮތެއްގެ މަތިން މަސައްކަތަށް ނުކުތުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)  
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.
  4.  އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓިފިކެޓް ނެތް ޙާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):

  • މަޤާމުގެ ނަމާއި، ރޭންކް އަދި ކްލެސިފިކޭޝަން ހިމެނޭނަމަ، އެ މަޢުލޫމާތުތައް ހިމެނުމަށް؛
  • ލިބޭ މުސާރަ އާއި އިނާޔަތްތައް (ވަކި ވަކިން އެނގޭނެގޮތަށް ހިމެނުމަށް)؛
  • ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)؛
  • ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މައިގަނޑުކޮށް މަސައްކަތްކޮށްފައިވާ ދާއިރާ؛
  • 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]   އަށެވެ.
  • އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ ޖުލައި އަދި އޯގަސްޓް މަހުގެ ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް              https://agoffice.gov.mv/dv/publications?category=26އިން ލިބެން ހުންނާނެއެވެ.
29 ޖޫން 2026