މަސައްކަތް
ނަންބަރު: (IUL)287-AM/287/2026/19
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 09 ޖުލައި 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާޅެންދޫ މަސްޖިދުލް ބަރަކާތުގެ 2 ފާޙާނާ މަރާމާތުކޮށް ކުލަ ބަދަލު ކޮށްދޭނޭ ފަރާތެއް ހޯދުން

މިލަދުއްމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ ނަންބަރ 287-AM/287/2026/13(IUL) (22 ޖޫން 2026) އިޢްލާނާއި ގުޅިގެން، ނ.މާޅެންދޫ މަސްޖިދުލް ބަރަކާތުގެ 2 ފާޙާނާ މަރާމާތުކޮށް ކުލަ ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢްލާން ބާތިލްކޮށް، ނ.މާޅެންދޫ މަސްޖިދުލް ބަރަކާތުގެ 2 ފާޙާނާ މަރާމާތުކޮށް ކުލަ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢްލާން ކުރީމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިޢްލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރ 6560026 ފޯނަށް ގުޅުއްވުން އެދެމެވެ.މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓާކްއި އިޢްލާން ކުރީމެވެ.

 

 

 

29 ޖޫން 2026