ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/116
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 05 ޖުލައި 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ޗީފް ޓެކްނޯލޮޖީ އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ރޭންކު:

ރޭންކް 11 - ސްޓެޕް 1  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

28،840.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

16،520.00 ރުފިޔާ

ހާޒިރީ އިނާޔަތް:

445.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ އިންޓަރގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (އިފްމިސް) ތަންފީޒުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  2. ދައުލަތުގެ އިފްމިސް ލޭންޑްސްކޭޕްގައި ހިމެނޭ ބައިތަކާއި، މޮޑިއުލްތައް ރާވައި ހިންގުމާއި ތަންފީޒުކުރުން.
  3. ދައުލަތުގެ އިފްމިސް ގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  4. ސިސްޓަމް އެޑްމިނިސްޓްރޭޝަން، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން، އަދި ގަވާއިދުން ބެލެހެއްޓުން ހިމެނޭ ގޮތަށް ދައުލަތުގެ އިފްމިސް ލޭންޑްސްކޭޕް މޮނިޓަރކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  5. ދައުލަތުގެ އިފްމިސް ލޭންޑްސްކޭޕްގް ހިމެނޭ ބައިތަކުގެ އިންސްޓޯލޭޝަނާއި އަޕްގްރޭޑް މަސައްކަތްތައް ރާވައި ހިންގުން.
  6. ޑިވެލޮޕްމަންޓްތަކާއި ފަންކްޝަނަލް މޮޑިއުލް އިމްޕްލިމެންޓޭޝަންސް/ކަސްޓަމައިޒޭޝަންތަކަށް ޓެކްނިކަލް ސަޕޯޓް ދިނުން.
  7. ދައުލަތުގެ އިފްމިސް ގާއިމުކުރިފައިވާ ޑޭޓާ ސެންޓަރުތަކާއި، ޑިޒާސްޓަރ ރިކަވަރީ (ޑީއާރު) ސައިޓްތައް މެނޭޖުކޮށް ބެލެހެއްޓުން.
  8. ދައުލަތުގެ އިފްމިސް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކާ ބޭރުގެ ކޮންސަލްޓެންޓުންނާ އެކު ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  9. ގަވާއިދުން މުވައްޒަފުން ތަމްރީނުކުރުމާއި، އިންޓަރނަލް ކޮންޓްރޯލް ޕްރޮސީޖަރތަކާއި، މެނުއަލްތައް އެކުލަވާލުމުގެ މަސައްކަތް ރަވައި ހިންގުން.
  10. ސިސްޓަމް މޮޑިއުލްތަކުގެ ފަންކްޝަނަލިޓީ އިތުރުކުރުމާއެކު ދައުލަތުގެ އިފްމިސް ހަރުދަނާކޮށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  11. ހުރިހާ އޮޕަރޭޝަންތަކާއި އިމްޕްލިމެންޓޭޝަންތައް ޤާއިމުކުރެވިފައިވާ ސިޔާސަތުތަކާއި އުސޫލުތަކަށް ތަބާވާކަން ކަށަވަރުކުރުން.
  12. މުޅި ސިސްޓަމްގެ ސެކިއުރިޓީ ޕްރޮޓޮކޯލްތަކާއި ޑޭޓާ އިންޓެގްރިޓީ ބެލެހެއްޓިފައިވާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  13. ޑިޒާސްޓަރ ރިކަވަރީ ޕްލޭނިންގ އަދި ސިސްޓަމް މައިގްރޭޝަން ސްޓްރެޓިޖީތައް އެކުލަވާލައި ތަންފީޒުކުރުން.
  14. ޑޭޓާ އެނަލިޓިކްސް ސޮލިއުޝަން ޑިޕްލޮއިމަންޓްތަކާއި، ރިޕޯޓްކުރުމުގައި ޕަރފޯމަންސް އަދި އެކިއުރެސީ ކަށަވަރުކުރުމުގެ މަސައްކަތް ރާވައި ހިންގުން

 

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 16 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް:

  1. "ސިސްޓަމްސް އެޕްލިކޭޝަންސް އެންޑް ޕްރޮޑަކްޓްސް އިން ޑާޓާ ޕްރޮސެސިންގ (އެސް.އޭ.ޕީ)" ބޭނުންކުރުމާއި ކޮންފިގަރ ކުރުމާބެހޭ ތަމްރީނު ލިބިފައިވުން ނުވަތަ ސަރޓިފިކޭޝަން ލިބިފައިވުން.
  2. ކޮމްޕިއުޓަރ ނެޓްވަރކިންގއާއި، ނެޓްވަރކް ސެކިއުރިޓީ ދާއިރާގެ ތަމްރީނު ލިބިފައިވުން ނުވަތަ ސަރޓިފިކޭޝަން ލިބިފައިވުން.
  3. ދައުލަތުގެ އިފްމިސް ލޭންޑްސްކޭޕްގައި ހިމެނޭ ބައިތަކާއި ގުޅުންހުރި ދާއިރާއެއްގެ ތަމްރީނު ލިބިފައިވުން ނުވަތަ ސަރޓިފިކޭޝަން ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ކޮމްޕިއުޓަރ ސައިންސް
  2. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް
  3. އިންފޮމޭޝަން ސައެންސް/ސްޓްޑީސް
  4. އިންފޮމޭޝަން ޓެކްނޯލޮޖީ
  5. އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް
  6. އިންފޮމޭޝަން ރިސޯސް ޑިޒައިން
  7. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް އެނަލިސިސް
  8. މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް
  9. ސިސްޓަމް އެޑްމިނިސްޓްރޭޝަން
  10. ބިޒްނަސް އައިޓީ
  11. ބިޒްނަސް ކޮމްޕިއުޓިންގ
  12. ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވަރކިންގ އެންޑް ޓެލެކޮމިއުނިކޭޝަންސް
  13. ނެޓްވަރކިން އެންޑް ލޭން/ވޭން މެނޭޖްމަންޓް
  14. އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ
  15. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް ސެކިއުރިޓީ
  16. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ އޮޑިޓިންގ
  17. ސައިބަރ ސެކިއުރިޓީ
  18. ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓެލިޖަންސް
  19. ސައިބަރ އިންޓެލިޖަންސް އެންޑް ސެކިއުރިޓީ
  20. ސޮފްޓްވެއަރ އިންޖިނިއަރިންގ
  21. ސިސްޓަމްސް އެންޖިނިއަރިންގ
  22. ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ
  23. އަރޓިފިޝަލް އިންޓެލިޖެންސް އެންޑް ރޮބޮޓިކްސް
  24. ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން
  25. ޑިޖިޓަލް މީޑިއާ އެންޑް މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ
  26. މަލްޓިމީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން
  27. މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ
  28. ޑިޖިޓަލް ފޮރެންސިކްސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތަކުގެ އިތުރުން އެސްއޭޕީ އީ.އާރ.ޕީ ސިސްޓަމްސްގެ ޑިވެލޮޕްމަންޓް/އެޑްމިނިސްޓްރޭޝަން މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތައް.
  4. މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖުލައި 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 14 ޖުލައި 2026 އާއި 30 ޖުލައި 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ.  

މަޤާމަށް އައްޔަން ކުރުން

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި އެއްގޮތަށް މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

                                      14 މުޙައްރަމް 1448
29 ޖޫން 2026