ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/17
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 02 ފެބުރުވަރީ 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓް

އިޢުލާން

ޕަބްލިކް ސަރވިސް މީޑީއާ (ޕީ. އެސް. އެމް) ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓަކު ހޯދުން: 

މި ކުންފުނީގެ ޗެނަލްތަކުން އުފައްދާ ދީނީ ކޮންޓެންޓާއި ބްރޯޑްކާސްޓްކުރާ ދީނީ ކޮންޓެންޓާއި ބްރޯޑްކާސްޓްކުރާ ޚަބަރާއި އެހެނިހެން ޕްރޮގްރާމްތައް، ދީނުގެ އިމުން ބޭރުނުވާގޮތަށް ފެތުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދުދީ، ފަންނީގޮތުން އެހީތެރިވުމަށް ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓަކު ބޭނުންވެއެވެ.

ޓައިޓަލް:

ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ރޭޑިއޯ ބިލްޑިންގާއި ޓީވީ ބިލްޑިންގ

ފެންވަރު ނުވަތަ ޝަރުޠު:

ދީނީ ޢިލްމުގެ ރޮނގުން (އިސްލާމް ދީން ބަޔާންކޮށްދިނުމާ ގުޅުންހުރި ދާއިރާއަކުން) ޕީއެޗްޑީ ހާސިލުކޮށްފައިވުން.

 

 

 

 

މައިގަނޑު މަސްއޫލިއްޔަތު:

  1. ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް ޕްލޭންކުރުމުގެ ބައްދަލުވުންތަކުގެ ތެރެއިން ދަޢުވަތުދެވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  2. ޕީ. އެސް. އެމް. ގެ  ޗެނަލްތަކުން  ތައްޔާރުކުރާ  ދީނީ  ޕްރޮގްރާމްތައް  ބައްޓަންކޮށް،  އޭގެ ކޮންޓެންޓް  ޕްލޭންކުރުމާއި،  ޕްރޮގްރާމް  ތައްޔާރުކުރުމާއި،  އެ  ޕްރޮގްރާމުތައް  ހުށަހެޅުމަށް  ބޭނުންވާ ފަންނީ ލަފާ ދިނުމާއި، އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓަކީ ދީނީ މަޢުލޫމާތުގެގޮތުން އެންމެ ރަނގަޅުގޮތުގައި ފެތުރޭ ކޮންޓެންޓްކަން ކަށަވަރުކުރުން.
  3. ޕީ. އެސް. އެމް. ގެ ޗެނަލްތަކުން ތައްޔާރުކުރާ ދީނީ ޕްރޮގްރާމްތައް ފިޔަވައި، ޚަބަރާއި އެހެން ޕްރޮގްރާމްތަކުގައިވެސް ދީނީގޮތުން ފެތުރުން އެކަށީގެންނުވާ ކޮންޓެންޓެއް ހިމެނޭތޯ ބަލައި، އެފަދަ ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، ދީނީގޮތުން ފެތުރުން އެކަށީގެންނުވާ ކޮންޓެންޓް ހިމެނުނަ ނުދިނުމަށް މަސައްކަތް ކުރުން.
  4. ޕީ. އެސް. އެމް. ގެ ޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ދީނީ މަޢުލޫމާތު ދިނުން.
  5. ޕީ. އެސް. އެމް. ގެ ޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ހިމަނާނެ ދީނީ ޢިލްމުވެރިން ކަނޑައެޅުމުގައި ޗެނަލްތަކަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.
  6. ދީނީ ބައެއް ޕްރޮގްރާމްތަކަށް ބޭނުންވާ ދިރާސާތައްކޮށް، ކަމާގުޅޭ ޚާއްޞަ ބައެއް ރިޕޯޓްތައް ލިޔެދީ، ސްކްރިޕްޓްތައް ލިޔުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ދީނީ ބައެއް ޕްރޮގްރާމްތަކަށް ބޭނުންވާ ސުވާލާއި ޖަވާބު ތައްޔާރުކޮށްދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތެއް ހޮވުމުގައި، އެ ފަރާތެއްގެ ތަޢުލީމީ ފާހާއި ދީން ފެތުރުމުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތާއި، މިކަމާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

މަހަކު-/7000 ރުފިޔާ (ހަތްހާސް ރުފިޔާ)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކަމާގުޅޭ ތަޖުރިބާއާއި ހުނަރުހުރި މިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ، އެފަދަ ލިޔުންތަކުގެ އަޞްލު ނުވަތަ އަޞްލާއެއްގޮތް ކޮޕީ.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

ނޯޓް: ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 2 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3000210 ނަންބަރު ފޯނާއެވެ.

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016