މަސައްކަތް
ނަންބަރު: (IUL)258/2016/03
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 04 ފެބުރުވަރީ 2016 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުން

އިޢުލާން

ކުނި މެނޭޖްކުރުން

ހަނިމާދޫގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް މިކައުންސިލުން ހިންގުމަށް ރޭވިފައިވާ ނިޒާމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ތަންތަނުން ކުނި ނަގައިގެން ކުނިކޮށްޓަށް އުފުލައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2016