ދިވެހިރާއްޖެ
ޕަބްލިކް ފައިނޭންސް ޑިވެލޮޕްމަންޓް ސަރވިސްގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްގެންދިޔުމަށްޓަކައި، ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް
މުވައްޒަފެއް ނެގުމަށް ބޭނުންވެއެވެ.
އެސޯސިއޭޓް އިފްމިސް އައި.ސީ.ޓީ ސްޕެޝަލިސްޓް - އެޕްލިކޭޝަން ސަޕޯޓް އެންޑް ޑިވެލޮޕްމަންޓް
ބޭނުންވާ ޢަދަދު: 2
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް
www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް
ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"
އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި،
ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]