މަސައްކަތް
ނަންބަރު: (IUL)258/2016/04
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 09 ފެބުރުވަރީ 2016 11:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ހަނިމާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިދަންނަވާ ތަންތައް ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

1- އިޖުތިމާޢީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅަ އެއްބައި

2- "ފީރޯޒްވިލާ" ގޭގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅަ އެއްބައި.

3- "ދޮންވެލި" ގޭގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅަ އެއްބައި.

4- ސައިބަރކެފޭގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅަ އެއްބައި.

ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަންތަން ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކުން 09 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2016