މަޤާމްގެ ޝަރުޠު:
|
- ކުރާ މަސައްކަތާ ބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން. ނުވަތަ ގުރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން ސެޓިފިކެޓަށްފަހު ލިބިފައިވުން.
- ތަޖުރިބާ ނެތަސް ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މިފެންވަރުގެ މުވައްޒަފުން އަދާ ކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރޭނިންގ ނުވަތަ ކުރާ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓުފިކެޓް 4 ނުވަތަ (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރި ވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އެއަރކޯންތައް ސަރވިސްކުރުމުގެ މަސައްކަތްތައް ކުރުން.
- ކަރަންޓުގެ މަރާމާތުގެ ކަންތައްތައް ކުރުވުން.
- ތަނުގެ ފާޚާނާތަކާއި ފަރުނީޗާރތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެމަތިން ކުރުވުން. (އަމިއްލައަށް ކުރެވޭ ނުކުރެވޭ މަސައްކަތްތައް ނިންމާނީ ތަނުގެ ކަމާބެހޭ އިސް މުވައްޒަފެވެ).
- މެއިންޓަނަންސާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުން ދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
- ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
- ކޮންޓުރެކްޓް މަސައްކަތަށް ޙަވާލުކުރެވިފައިވާ މެއިންޓަނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން.
- މަތީގައި ދެންނެވިފައިވާ ކަންތަށްތަކުގެ އިތުރުން ފެކަލްޓީގައި ކުރަންޖެހޭ މެއިންޓަނަންސާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓު:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
01 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަމްބަރު ފޯނާއެވެ.
|