މަސައްކަތް
ނަންބަރު: GS132/2016/07
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 28 ޖަނަވަރީ 2016 13:00
ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ޕްރީސްކޫލް ފާޚާނާއެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ.

މި ސްކޫލުގައި ޕްރީސްކޫލް ދަރިވަރުންނަށް ބޭނުންކުރެވޭގޮތަށް ފާޚާނާއެއް ހެދުމަށް ދެފަހަރެއްގެ މަތީން ނަންބަރު: 132/2015/25 GS އަދި ނަންބަރު: 132/2015/26 GS އިން ކުރެވުނު އިޢުލާނުތަކުން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ބޭފުޅުން ވަޑައިނުގަންނަވާތީއާއި، އަދި ނަންބަރު: 132/2015/28 GS އިން ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އަލުން މި ސްކޫލުގެ ނަންބަރު: 132/2015/32 GS އިން 04 ވަނަ ފަހަރަށްވެސް ވަނީ އިޢުލާނު ކުރެވިފައެވެ. ނަމަވެސް، މި އިޢުލާނުން އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭފުޅުން ވަޑައިނުގަންނަވާތީ މިއިޢުލާނުވެސް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

28 ޖަނަވަރީ 2016 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް

09 ފެބުރުވަރީ 2016 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

09 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016