ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކައުންސެލަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލު، މާލެ
ދާއިރާ: ކައުންސެލިންގ ދާއިރާ
މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މުސާރައާއި ޢިނާޔަތްތައް |
މަޤާމުގެ އަސާސީ މުސާރަ: -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ) ސަރވިސް އެލެވަންސް: -/2،000 ރުފިޔާ (ދެހާސް ރުފިޔާ) އިތުރުގަޑީގެ ފައިސާ: މި މަޤާމުގައ އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތު:
1- ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާޢި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.
2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.
3- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
4- ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުވައިދިނުން.
5- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.
6- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޙަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
7- ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:
- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 4 ފެބުރުވަރީ 2016 އާއި 15 ފެބުރުވަރީ 2016 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.
ސުންގަޑި:
2016 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ ވެބްސައިޓް www.muhyiddinschool.edu.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ.
- ތަޖުރިބާގެ ލިޔުންތައް.
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް 3390635 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
15 ރަބީޢުލްއާޚިރު 1437