ދިވެހިރާއްޖެ
ނަންބަރު: IUL)244-ESMSMS/244/2026/18
އިޢުލާން
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލާއި ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކޮމެޓީން އިސްވެ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވާތީ، ރަށުގެ ރަށްވެހިން އަދި ރަށުގައި ދިރިއުޅޭ ޢުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 (ފަހެއް) މެންބަރުންގެ ގުރޫޕެއް ހައްދަވައިގެން އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން ފޯމުގައި ބަޔާންކުރާ ލިޔެކިޔުންތަކާއިއެކު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަދި ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުން ސާފުކުރެވޭ ހއ.ތުރާކުނު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާނެ ގޮތުގެ އުޞޫލު މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.