ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/138
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 02 ޖުލައި 2026 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2027

ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ކޮއިކާ) ސްކޮލަރޝިޕް

ފެލޯޝިޕް ޕްރޮގްރާމް 2027

ޤައުމު: ކޮރެއާ

11 މާސްޓަރސް

4 ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ހަންތޮންގް ގްލޯބަލް ޔުނިވަރސިޓީ /

ސަންގްކިޔުންކްވާން ޔުނިވަރސިޓީ

މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން އީ ގަވަރމެންޓް އެންޑް ޕަބްލިކް މެނޭޖްމެންޓް

ދާއިރާތަކާއި އޮފާރ ކުރާ ޔުނިވާރސިޓީތައް:

ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމެންޓް

މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން އިކޮނޮމިކް ޑެވެލޮޕްމެންޓް ޕޮލިސީ ފޯރ ސަސްޓެއިނަބަލް އެންޑް އިންކްލޫސިވް ގްރޯތް

އިންޗެއޮން ޔުނިވަރސިޓީ

މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ކެޕޭސިޓީ ބިލްޑިންގް ފޯރ މެނޭޖިންގް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމެންޓް

ޔޮންސެއި ޔުނިވަރސިޓީ

މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ހެލްތް ޕޮލިސީ އެންޑް ފައިނޭންސިންގ ކެޕޭސިޓީ ބިލްޑިންގ

ކިޔޮންގްޕޫކް ނެޝަނަލް ޔުނިވަރސިޓީ

މާސްޓަރސް ޑިގްރީ އިން  ކެޕޭސިޓީ ބިލްޑިންގ އޮން ހައި ވެލިއު އެޑެޑް އެގްރިކަލްޗަރ 

ޑޮކްޓޯރަލް ޑިގްރީއިން  ކެޕޭސިޓީ ބިލްޑިންގ އޮން ހައި ވެލިއު އެޑެޑް އެގްރިކަލްޗަރ 

 

ޕުކްޔޮންގް ނޭޝަނަލް ޔުނިވަރސިޓީ

މާސްޓަރސް ޑިގްރީ އިން ގްލޯބަލް ފިޝަރީޒް ޑިވެލޮޕްމެންޓް

ޑޮކްޓޯރަލް ޑިގްރީ އިން ގްލޯބަލް ފިޝަރީޒް ޑިވެލޮޕްމެންޓް

ސޯލް ޔުނިވަރސިޓީ

މާސްޓަރސް ޑިގްރީ އިން އޭއައި ޑިޖިޓަލް އިނޮވޭޝަން

ޑޮކްޓޯރަލް ޑިގްރީ އިން އޭއައި ޑިޖިޓަލް އިނޮވޭޝަން

ޔޮންސެއި ޔުނިވަރސިޓީ

މާސްޓަރސް ޑިގްރީ އިން ކޮންޓްރޯލް އޮފް އިންފެކްސިއަސް ޑިސީސް

ޑޮކްޓޯރަލް ޑިގްރީ އިން ކޮންޓްރޯލް އޮފް އިންފެކްސިއަސް ޑިސީސް

ޔޮންސެއި ޔުނިވަރސިޓީ (މިރައެ ކެމްޕަސް)

މާސްޓަރސް ޑިގްރީ އިން ޑިޖިޓަލް ހެލްތް

މާސްޓަރސް ޑިގްރީ އިން ސޯޝަލް އިކޮނޮމީ

 

މާސްޓަރސް ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  1. މަދުވެގެން 2 އަހަރު ދުވަހުގެ ވަޒީފާގެ ތަޖުރިބާ ލިބިފައިވުން.
  2. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށްވުން.  
  3. 06 ޖުލައި 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން.
  4. ނަފްސާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތަކަށްވުން
  5. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން.
  6. މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

ޕީ.އެޗް.ޑީ

  1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށްވުން.  
  3. މާސްޓަރސް ޑިގްރީ ހާޞިލްކުރި ފަހުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. 06 ޖުލައި 2026 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން.
  5. ނަފްސާނީ އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތަކަށްވުން
  6. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން.
  7. މި މިނިސްޓްރީގެ ޕޯޓަލްއަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ވެލިޑޭޓްކޮށްފައި)
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ.
  5. ފުރިހަމަކޮށްފައިވާ ކޭ.އޯ.އައި.ސީ.އޭ އެޕްލިކޭޝަން ފޯމް.
  6. ވަޒީފާ އަދާކުރަމުންދާކަމުގެ ލިޔުން
  7. ވަޒީފާގެ ތަޖުރިބާގެ ލިޔުން
  8. ވަޒީފާ އަދާކުރާ ތަނުން ސްކޮލަޝިޕްގައި ބައިވެރިވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  9. އެޕްލައިކުރާ ޔުނިވާސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާކަން އަންގައިދޭ ލިޔުން.
  10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  11. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

* މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ކުރި ޕޯޓަލްއާއި ކޮއިކާގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

* އަދި ކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

* މި ސްކޮލަޝިޕްގެ ދަށުން ލިބޭ ޚަރަދުތަކުގެ ތަފްޞީލް އިޢުލާނާއެކު މި މިނިސްޓްރީގެ ޕޯޓަލްއިން ލިބެން ހުންނާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް" އިން ލިބޭނެއެވެ.

*ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ.

އިތުރު މަޢުލޫމާތު:

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 2 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން

 

ސުންގަޑި:

އެޕްލިކޭޝަން ހުށަހަޅާނީ https:// kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ޕޯޓަލް   https:// kuri.gov.mvއިންނާއި ކޮއިކާގެ ވެބްސައިޓް    https://www.koica.go.kr/sites/koica_en/index.do އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

28 ޖޫން 2026