މަސައްކަތް
ނަންބަރު: TCL/PROC-TA/2016/003
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 01 ފެބުރުވަރީ 2016 10:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް އީ.އޯ.އައި ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

ބޭރު ފައިސާގެ މުޢާމަލާތް މި ކޯޕަރޭޝަނާއެކު ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ކައިރި މުސްތަޤުބަލެއްގައި ފޮރިން އިންވެސްޓްމަންޓް މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވުމާއެކު، އެ މަޝްރޫޢުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ ރޭޓްތަކަށް ބޭރު ފައިސާގެ މުޢާމަލާތް މި ކޯޕަރޭޝަނާއެކު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އިޢުލާން (ނަންބަރު: TCL/PROC-TA/2015/044) ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

28 ޖަނަވަރީ 2016

10:00 ގައި

އީ.އޯ.އައި ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

01 ފެބުރުވަރީ 2016

10:00 ގައި

ވީމާ، މި ކޯޕަރޭޝަނާއެކު ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މިކަމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

ހ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ

ށ. ޚިދުމަށް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް

 ”EOI FOR FOREIGN CURRENCY EXCHANGETRANSACTION“

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް

ފެން ބިލްޑިންގ/ 4ވަނަ ފަންގިފިލާ

އަމީނީމަގު، މައްޗަންގޮޅި، މާލެ، 20375

ފޯން: 3307513 ، 3307515  ފެކްސް: 3307514

އީ.މެއިލް: [email protected]

ފެން ބިލްޑިންގ / 4ވަނަ ފަންގިފިލާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، 3307515  ފެކްސް: 3307514

21 ޖަނަވަރީ 2016