ދިވެހިރާއްޖެ
އިޢުލާން
ށ. ކަނޑިތީމުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާބެހޭ
ށ. ކަނޑިތީމުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސާ އެއްގޮތްވާގޮތުގެ މަތީން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: IUL)271-ESMS/271/2015/81)ފ(27 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
|
ގަޑި |
ތާރީޚު |
ޓާރމްސް އޮފް ރިފަރެންސް ދޫކުރުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ ކައުންޓަރ) |
ހެނދުނު 9:00 ން މެންދުރުފަހުގެ 13:00 އަށް. |
21 ޖަނަވަރީ 2016 އިން 31 ޖަނަވަރީ 2016 އަށް. |
އަންދާސީހިސާބު ހުށަހެޅުއްވުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ) |
ހެނދުނު 11:00 |
07 ފެބްރުއަރީ 2016 |
މަޢުލޫމާތު ސާފުކުރަނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
11 ރަބީޢުލްއާޚިރު 1437