ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2026/54
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 05 ޖުލައި 2026 12:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހއ.ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ހިންގުމަށް ހަމަޖެހިފައިވާ އެޑްވާންސް ލެވަލް ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިދޭނެ، ކަމުގެ ފަންނުވެރި ބޭފުޅަކު ހޯދަން ބޭނުންވެއްޖެއެވެ.

 

މިކަމަށް ޝައުޤުވެރިވާ ފެހުމުގެ ފަންނުވެރިކަން ހުރި ބޭފުޅުން 2026 ޖުލައި 05 ވަނަ ދުވަހު 12:00ގެ ކުރިން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ނަކަލާއި އައިޑީ ކާޑުގެ ނަކަލް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. މިކަމަށް ހުށައަޅާ ލިޔުމުގައި ކޯސް ހިންގައިދެވޭނެ އަގާ، ހުރުމާއި ކެއުން އަދި ދަތުރުފަތުރުތައް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. އަދި ކޯހުގައި ކިޔަވައިދެވޭނެ ބައިވެރިންގެ އަދަދުވެސް މިލިއުމުގައި ހިމަނަންވާނެއެވެ.

 

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

28 ޖޫން 2026