ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2026/60
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 11:50
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލެ ޖަލުގެ ޔުނިޓް 6 ގެ ސެލް 1 އަދި ސެލް 2 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައެޅުމަށް
ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުޅުމާލެ ޖަލުގެ ޔުނިޓް 6 ގެ ސެލް 1 އަދި ސެލް 2 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި 25 ޖޫން 2026 ގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާރ އެންޑް ޓެކްނޯލޮޖީ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދަށުން ހިންގާ ޖަލެއްކަމުގައި އަންގަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.
-----------------------
28 ޖޫން 2026
28 ޖޫން 2026