ދިވެހިރާއްޖެ
އިޢުލާން
ކ. ތިލަފުށީގެ މަގުތައް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ތިރީގައި ދަންނަވާ ވެހިކަލްތައް، ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވެހިކަލްގެ ސައިޒު |
ވެހިކަލްގެ ނަން |
ބޭނުންވާ އަދަދު |
15 ޓަނު |
ޑަމްޕް ލޮރީ |
01 |
330 ނުވަތަ އެއްވުރެ ބޮޑު |
އެސްކަވޭޓަރ |
01 |
936 އެފް |
ވީލް ލޯރޑަރ |
01 |
ވީމާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރޯޑް މެއިންޓަނަންސް މަސައްކަތްކުރާ ދުވަސްތަކަށް ވެހިކަލް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
26 ޖަނަވަރީ 2016 |
10:30 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
އާދިއްތަ |
31 ޖަނަވަރީ 2016 |
14:00 ގައި |
އަންދާސީހިސާބު ހުށަހެޅުއްވުމާ ގުޅޭ
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
15 ރަބީޢުލްއާޚިރު 1437
ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3307513،3307515 ފެކްސް: 3307514