މަސައްކަތް
ނަންބަރު: 113-PRC/I-2016/11
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 03 ފެބުރުވަރީ 2016 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލްތަކުގެ ހައިޑްރޯލިކް ހޮޅި މަރާމާތުކޮށްދޭނެ ފަރާތެއް އަދި ކްރިމްޕިން މެޝިނަށް ބޭނުންވާ ހޯސް އަދި ކަނެކްޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މި ކުންފުނީގައި ބޭނުންކުރަމުން އަންނަ ވެހިކަލްތަކުގެ ހައިޑްރޯލިކް ހޮޅި މަރާމާތުކޮށްދޭނެ ފަރާތެއް އަދި ކްރިމްޕިން މެޝިނަށް ބޭނުންވާ ހޯސް އަދި ކަނެކްޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: 04/PRC/I-2016-113 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް އަދި މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00

 03 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

10 ރަބީޢުލްއާޚިރު 1437

25 ޖަނަވަރީ 2016