ނޫސްބަޔާން
ނަންބަރު: (PR)203-ERC/1/2026/2
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 10 ޖުލައި 2026 12:30
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު (ސަމްޕާ) ގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށާއި، ބުރަފަތީގައި ރައްކާތެރިކަމުގެ ޕްރޮޕެލަރ ގާޑް ހަރުކުރުމަށް ހަނދާންކޮށްދިނުން

ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ ސަރަޙައްދު ކަމަށްވެފައި މި ސަރަޙައްދަކީ ފެހުރިހި ބަލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިންގް އަދި ސްނޯކްލިންގް ފަދަ ހަރަކާތްތަކެއް ގިނަ އަދަދަކަށް ހިންގާ ސަރަހައްދެކެވެ. އެހެންކަމުން މި ސަރަހައްދުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ބުރަފަތިން އިންސާނުންނާއި ފެހުރިއްސާ އަދި އެހެނިހެން ދިރޭ ނަސްލު ރައްކާތެރިކުރުމަށް ޕްރޮޕެލާރ ގާރޑް އެޅުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ މި ސަރަޙައްދުގައި ހިންގާ ފަތުރުވެރިކަމާއި ކަނޑުގެ ހަރަކާތްތަކަކީ އިންސާނުންނަށާއި ތިމާވެއްޓާ ރައްކާތެރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ހަރަކާތްތަކެއް ކަމުގައި ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 

މި ގޮތުން 11 ޖުލައި 2019 ކޮށްފައިވާ ޢިއުލާންIUL)438-ENV/438/2019/175) ) އާއި ފެހުރިހި ހިމާޔަތްކުރުމަށް ހެދިފައިވާ އުސޫލްތަކާއި  2024/R-96 އަށް ރިޢާޔަތްކޮށް ދަންނަވެމެވެ. އަރި އަރިއަތޮޅު ދެކުނުބުރީގައި ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަޙައްދު ބެލެހެއްޓުމުގައި ޢަމަލު ކުރަން އެކުލަވާލެވިފައިވާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭންއަށް ގެނެސްފައިވާ 2 ވަނަ އިސްލާހު (ނަންބަރު: WDPA-ID-55556579/2025/V1) ގައި ބަޔާންކޮށްފައިވާ ފަދައިން މިސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު 30 ޖޫން 2026 ގެ ކުރިން  ޕްރޮޕެލަރ ގާޑު އަޅުވަން ޖެހެއެވެ. މި މުދައްތު ހަމަވުމުން މި ސަރަހައްދަށް ވަނުމަށް އެދި ރަޖިސްޓްރީކޮށްދެވޭނީ ޕްރޮޕެލަރ ގާޑު ހަރުކުމަށް ފަހު ހުށައަޅާ އެޕްލިކޭޝަންތައް އެކަންޏެވެ. ނަމަވެސް 30 ޖޫން 2026 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުތަކާއި އަދި އެ މުއްދަތުގެ ކުރިން މި އޮތޯރިޓީގައި ރެޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް ޕްރޮޕެލަރ ގާޑު އެޅުވުމަށް އިތުރު މުދައްތެއް ދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ ގެ މެނޭޖްމަންޓް ޕްލޭންގެ ޤަވާއިދުތަކަށް މި ސަރަހައްދު ބޭނުން ކުރާ އެންމެހާ ފަރާތްތަކުން އިޖާބަ ދެއްވުމަށް އެދި ދަންނަވަމެވެ. އަދި ހަމަ އެހެންމެ މި ސަރަހައްދުގައި ޤަވާއިދާ ހިލާފަށް ހަރަކާތް ތެރިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މި މިއޮތޯރިޓީއިން  އަށް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.

 

 

 

 

 

ސަމްޕާ (SAMPA) ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުން

ސަމްޕާގައި ހަރަކާތްތެރިވާ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް މިހާރު ވަންގަވް (OneGov) ޕޯޓަލް މެދުވެރިކޮށް ލިބިލައްވާނެ އެވެ :https://one.gov.mv/submissions/679b6069-d8e3-f472-6156-74072fe4cb83/new

ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުގެ ކުރިން، އުޅަނދުގެ ވެރިފަރާތުން ތިރީގައިވާ ކަންކަން ކަށަވަރު ކުރަންވާނެއެވެ:

  1. އުޅަނދަކީ، ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ އެންމެހާ މިންގަނޑުތަކަށް ފެތޭ އުޅަނދެއްކަމަށްވުން.
  2. ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހަމަކޮށް، އެ ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއްކަން ކަށަވަރު ކުރުން. (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އުޅަނދުގެ ރަޖިސްޓްރީ ސެޓްފިކެޓް، ކެޕްޓަނުގެ ކަނޑުދަތުރުފަތުރުގެ ލައިސަންސް، އުޅަނދުގެ ސީވާދިނަސް ނުވަތަ ދަތުރުފަތުރު ކުރުމަށް އެކަށީގެންވާކަމުގެ ސެޓްފިކެޓް، އުޅަނދުގެ ޕެސެންޖަރ ސެޓްފިކެޓް)

ސަމްޕާ އުޅަނދު ރަޖިސްޓްރޭޝަން އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވަންގަވް ޕޯޓަލްއަށް ނުވަތަ އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ގުޅުއްވުމަށް އެދެމެވެ. ހުރިހާ ލިޔެކިއުމެއް ފުރިހަމަވެފައިވާ ހުށަހެޅުންތައް ރަސްމީ 7 ދުވަހުގެ ތެރޭގައި ލިބިލައްވާނެއެވެ. ނަމަވެސް އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތު ހުރެއްޖެނަމަ، މި މުއްދަތު އިތުރު ވެގެންދިޔުން އެކަށީގެންވެއެވެ. އަދި ހުށަހަޅާ އެއްވެސް ލިޔެކިއުމެއް މުއްދަތު، ހުށަހަޅާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ހަމަވާނަމަ، އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން އެ ލިޔުމެއް އައު ކުރަންވާނެއެވެ.

ފެހުރިހި ބެލުމުގެ ހަރަކާތްތައް ހިންގާ އެންމެހާ ފަރާތްތަކުން މި މަސައްކަތުގައި ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މި ދަޑިވަޅުގައި ތިމާވޭށީގެ ވުޒާރާއި މި އޮތޯރިޓީގެ ނަމުގައި ޝުކުރު އަދާކުރަމެވެ.

26 ޖޫން 2026