ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)303-CA/303/2026/30
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 02 ޖުލައި 2026 10:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ މަޤާމަށް މުވައްޒަފެއް ހޯދުން

ނަންބަރު: (IUL)303-CA/303/2026/30

އިޢުލާން

ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ މަޤާމަށް މުވައްޒަފެއް ހޯދުން

ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ ސަތޭކަ އިންސައްތަ ހިއްސާވާ ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

ކޮމްޕެނީ ސެކްރެޓަރީ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، ރ. އުނގޫފާރު

އަދަދު:

 01 (އެކެއް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު)

މުސާރަ އާއި ޢިނާޔަތްތައް:

10,000.00 (ދިހަ ހާސް ރުފިޔާ)

ރަސްމީ މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު

ތަޢުލީމާއި ތަޖުރިބާގެ ޝަރުތު:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި  ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 2- މަޤާމުގެ މަސައްކަތް ކުރުމާއި ޒިންމާ އަދާކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު:

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) އުނގޫފާރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ބ) ޖިނާއީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ޅ) މި ޝަރުތުތަކުގެ (ބ) ގައި އެހެން އޮތް ނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

މަޤާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު:

  1. ކުންފުނި ހިނގަމުންދަނީ ކުންފުނިން ތަބާވާންޖެހޭ އެންމެހާ ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއެކު، އެކަންކަމާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑަށް ދޭންޖެހޭ ލަފަޔާ އިރުޝާދު ދިނުން.
  2. ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިއުންތައް ހޯދައި އެކަށީގެންވާ ވަގުތު އޮއްވައި ބޯޑު ޑިރެކްޓަރުންނަށް ފޯރުކޮށްދިން.
  3. ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި އާންމު ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  4. ކުންފުނީގެ ބޯޑާއި މެނޭޖިންގ ޑިރެކްޓަރާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކޮށް، ބޯޑާއި މެނޭޖްމަންޓާ ދެމެދު އޮންނަންވާނެ ޕްރޮފެޝަނަލް ގުޅުން ބޭއްވުމަށް އެހީތެރިވެދިނުން.
  5. ކޯޕަރޭޓް ގަވަރނަންސް ހަމަތަކާއި، އެހެނިހެން ބެސްޓް ޕްރެކްޓިސް އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ހިންގުން ބައްޓަން ކުރުމުގައި އެހީތެރިވެދިނުމާއި ބަލަހައްޓަމުން ގެންދިއުން.
  6. ޑިރެކްޓަރުންގެ ބޯޑާއި އަދި ބޯޑުގެ ޗެއަރމަންގެ ލަފާޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ އުސޫލުތަކާއި އިޖުރާތުތައް އެކުލަވާލައި، ބޯޑުން ފާސްކުރާ އުސޫލުތަކާ އެއްގޮތަށް ކުންފުނިން ޢަމަލުކުރާކަން ކަށަވަރު ކުރުން.
  7. ޑިރެކްޓަރުންގެ ބޯޑާއި އަދި ބޯޑުގެ ޗެއަރމަންގެ އިރުޝާދުގެ ދަށުން ކުންފުނީގެ ޗާރޓަރުތަކާއި، މެނުއަލްތަކާއި، ޓަރމްސް އޮފް ރިފަރެންސަސްތަކާއި، ބޯޑަށް ހުށަހެޅޭ ޕޭޕަރުތަކާއި، ދަފްތަރުތަކާއި އަދި ރިޕޯޓްތައް އެކުލަވާލައި ބެލެހެއްޓުން.
  8. ކުންފުނިން ޢަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ގައިޑްލައިންތަކާއި އަދި އެހެނިހެން ކަންކަމަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު އަދާހަމަކޮށް ކުންފުނީގެ ބޯޑުގެ ސަމާލުކަމަށް ގެނައުން.
  9. ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  10. މީގެ އިތުރުންވެސް ކުންފުނީގެ ބޯޑު އަދި ބޯޑުގެ ޗެއަރމަން ކަނޑައަޅާ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭލިޔުންތައް:

(ހ) ވަޒީފާއަށް އެދި ކުރިމަތިލާކަމުގެ ސިޓީ.

(ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

(ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

(ރ) ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

(ބ) މަޤާމަށް ބޭނުންވާ ވަޒީފާގެ ތަޖުރިބާ އަންގައިދާ ލިޔެކިޔުންތައް؛

 

 

ވީމާ، މި މަޤާމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖުލައި 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6584751 އަށް ގުޅުއްވުން އެދެމެވެ.

25 ޖޫން 2026