ބީލަން
ނަންބަރު: (IUL)286-MP/286/2026/46
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 05 ޖުލައި 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެކޮމަޑޭޝަން ބްލޮކްތަކުގެ ގޯތިތެރެ އާއި މަގުފަޅި ސާފުކޮށް ކުނި ކަހާދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެކޮމަޑޭޝަން ބްލޮކްތުގެ ގޯތިތެރެ އާއި މަގުފަޅި ސާފުކޮށް ކުނި ކަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ހުޅުވާލެވިފައިވަނީ އެންމެ ގިނަ ވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.

  1. ތަފްޞީލު

. ހަރަހެރި 1 އަދި 2

. ކެނދި އުރަހަ

. ކެނދި ފަތް 1 އަދި 2

. ކެނދި މާ 1، 2 އަދި 3

. ރަސްރަނި 1 އަދި 2

. ބަޔާންކޮށްފައިވާ ހުރިހާ އެކޮމަޑޭޝަން ބްލޮކްތަކުގެ ގޯތި ތެރެއާއި އިންވެގެން އޮންނަ މަގުގައި ހުރި ގަސްތައް ކޮށާ، ޢިމާރާތުގެ ގޯތިތެރެއާއި މަގު ވިނަ ނޮޅާސާފުކޮށް ކުނިކަހާ ބެލެހެއްޓުން. (އިތުރު މަޢުލޫމާތު ޖަދުވަލު 1 ގައި)

. ކުނިކެހުމަށްފަހު މަގާއި ޢިމާރާތުގެ ގޯތިތެރޭގައި ކުނިއެއްކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.

. އެކޮމަޑޭޝަން ބްލޮކް ހުންނަ ގޯއްޗާއި އިން ވެގެން އޮންނަ މަގާއި އިން ވެގެން ބަންޑާރަ ގޯއްޗެއް ނުވަތަ އެނޫންވެސް ބޭނުމަށް ބިމެއް ދޫކޮށްފައިވާނަމަ، އެމަގަކުން ކަހާނީ މަގުގެ 2 ބައިކުޅަ އެއްބައި.

. ޢިމާރާތާއި ގޯތިތެރެ އާއި މަގުމަތި ހަޑި ނުވާނެހެން ކުނިކެހުމާއި ސާފުކުރުމުގެ އެންމެހާ ކަންކަން މަސައްކަތާއި ހަވާލުވާ ފަރާތުން ކުރަން ވާނެއެވެ.

  1. ބީލަން ހުށަހެޅުން

ހ - ބީލަން ހުޅުވުން އޮންނާނީ 5 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.

ށ - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަން އަދި އިޢުލާން ނަންބަރު ޖަހަންވާނެއެވެ.

ނ - މިއިޢުލާނާއި ގުޅިގެން އޮންލައިކޮަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ރ - ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންނަ އެއްވެސް ފަރާތެއްގެ ބީލަން ބަލައެއް ނުގަނެވޭނެއެވެ. އަދި ގަޑި ޖެހިގެން އަންނަ އެއްވެސް ފަރާތަކަށް (އިދާރީ ކަމެއްގައި ކައުންސިލުގެ މުވައްޒަފުން ނުހިމެނޭހެން) ބީލަން ކެނޑުމަށް ހަމަޖެހިފައިވާ މާލަމަށް ނުވަދެވޭނެއެވެ.

ބ - މިއިޢުލާނާއި ގުޅިގެން އަމިއްލަ ފަރާތް، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި ކުންފުނި ނަމުގައިވެސް ބީލަން ހުށަހެޅޭނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. 1 (އެކެއް) ބީލަމަށް ވުރެއް ގިނަ ބީލަން ހުށަހަޅައިފިނަމަ، އެފަރާތުން ހުށަހަޅާ ހުރިހާ ބީލަމެއް ބާޠިލުކުރެވޭނެއެވެ.

ޅ - ބީލަމުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބީލަން ހުށަހެޅުމަށް ހުއްދަދިން ކަމުގެ ލިޔުން އަދި ބީލަން ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. (ބަންދު ކޮށްފައިވާ ސިޓީއަށް ނުލައި)

ކ - ބީލަން ހިފައިގެން ބީލަން ކެޑުމަށް ހަމަޖެހިފައިވާ މާލަމަށް ވަޑައިގަނެވޭނީ އެއް ފަރާތަށެވެ. ބީލަން ހުށަހަޅާ ފަރާތް ފިޔަވާ އިތުރު ފަރާތްތަކަށް ބީލަން ކެނޑުމަށް ހަމަޖެހިފައިވާ މާލަމަށް ވަދުމަކީ މަނާކަމެވެ.

  1. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ހ - އަގު ބަޔާންކޮށް ހުށަހަޅާ ސިޓީ (ސިޓީގައި އަގު ބަޔާންކުރަން ވާނީ ހުރިހާ އެކޮމަޑޭޝަން ބްލޮކެއް ސާފުރުމާއި ކުނިކެހުމަށް އެކީއެވެ. ވަކި ވަކިން ހުށަހަޅައިފި ނަމަ، އެބީލަމެއް ބާޠިލުކުރެވޭނެއެވެ.)

ށ - ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ

ނ – އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި ކުންފުނިން ބީލަން ހުށަހަޅާނަމަ، ރަޖިސްޓްރީ ކޮޕީ

  1. މާކްސް ދިނުން
  • މަސައްކަތް ކުރުމަށް ހުށަހަޅާ އަގަށް % 100 (ސަތޭކަ ޕަސަންޓް)
  1. އިތުރު މަޢުލޫމާތު
  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ

- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑިގައި)

- އީމެއިލް: [email protected]

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

09    މުޙައްރަމް    1448  

25 ޖޫން 2026