ނީލަން
ނަންބަރު: ((IUL)283-BF/283/2026/15
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި:
06 ޖޫން 2026 12:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
625 ކޭވީއޭގެ ޖަނަރޭޓަރ ސެޓް ސިޓީލައި ނީލަމުގައި ވިއްކާލުން
- ފުނަދޫ ކޮމިއުނިޓީ ޕަވަރހައުސްގައި ބޭނުންކުރި 625ކޭވީއޭގެ ޖަނަރޭޓަރ ސެޓް ސިޓީލާއި ނީލަމުގައި ވިއްކާލުމަށް ވަނީ ކައުންސިލްގެ 05 ވަނަ ދައުރުގެ 06 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ މިނީލަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލަމެވެ. ނީލަންފެށޭ އަގަކީ -/500،000ރ (ފަސް ލައްކަ ރުފިޔާ) އެވެ. ހުށަހަޅާއަގަށް ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ -/50000 (ފަންސާސް ހާސް) ރުފިޔާއެވެ. އަގަށް ބަދަލެއް އައިސްފައިވާނަމަ ކޮންމެ ދުވަހަކު 12:00އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13:30 ގައި މިއިދާރާގެ ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު 7 ދުވަސް ވަންދެން އެއްއަގެއްގަ އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
- އިންޖީނާބެހޭ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިންޖީނާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6540052 އާއި ގުޅުއްވުން އެދެމެވެ.
- މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2026 ޖޫން 28 ވާ އާދީއްތަދުވަހުގެ 9:00ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް އިން ހުށައެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
- ނީލަމުން ނަންގަވާ އިންޖީނު ދޫކުރެވޭނީ މިއިދާރާއަށް ފައިސާ ދެއްކެވުމުންނެވެ. ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި މިއިދާރައަށް ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލްކުރެވޭނެ އެވެ. އަދި ނީލަމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ތަރުތީބުން ފުރުޞަތު ދިނުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ. ފައިސާ ދެއްކުމަށްފަހު ނީލަންކިޔުނު އިންޖީނު 05 (ފަސް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
25 ޖޫން 2026