ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)244-ESMSMS/244/2026/7
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:26
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ސާފުކުރެވޭ ހއ.ތުރާކުނު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާނެ ގޮތުގެ އުޞޫލު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 22 ވަނަ މާއްދާގެ (ބ) އަދި (ހކ) އިން ބާރުލިބިގެން އިސްވެ ދެންނެވުނު ޤާނޫނުގެ 23 ވަނަ މާއްދާގެ (17) އިން ރަށު ކައުންސިލުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ސާފުކުރެވޭ ހއ.ތުރާކުނު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާނެގޮތުގެ އުޞޫލެއް ކައުންސިލްގެ 05 ވަނަ ދައުރުގެ 06 ވަނަ ޢާންމު ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
ވީމާ، މި އުޞޫލު އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޖޫން 2026