ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/40
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 02 ޖުލައި 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރުމާއި މިހާރު އަޅާފައިވާ ކޭބަލްތައް ބަދަލުކުރުމާއި ހަލާކުވެފައިވާ ދަނޑިތައް ބަދަލުކުރުމާއި އައު މަގު ބައްތި ބަހައްޓަންޖެހޭ ސަރަޙައްދުތަކުގައި ބައްތި ބެހެއްޓުމުގެ މަސައްކަތް

            މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަގުބައްތި ކޭބަލް ބަދަލުކޮށް މީޓަރު ގުޅައިދީ އައު ބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

           ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ -/150(އެއްސަތޭކަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ. އަދި މިމަސައްކަތާ ގުޅިގެން ބާއްވާ ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

02 ޖުލައި 2026

ބުރާސްފަތި

14:00

ޕްރީބިޑް މީޓިންގް ބާއްވާގަޑި

07 ޖުލައި 2026

އަންގާރަ

11:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

13 ޖުލައި 2026

ހޯމަ

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 4000031 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.  

25 ޖޫން 2026