|
މަޤާމުގެ ނަންބަރު:
|
J-440203
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 8 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ސޯޝަލް ޔުނިޓް، ވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ކޯޑިނޭޝަން ސެކްޝަން، ނޭޝަނަލް ޕްލޭނިންގ ޑިވިޜަން، ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ
|
|
އަސާސީ މުސާރަ:
|
11،620.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
5،420.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
145.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ކޯޑިނޭޝަން ސެކްޝަން ހެޑްގެ ލަފަޔާއި އިރުޝާދުގެ ދަށުން ސޯޝަލް ޔުނިޓްގެ އިދާރީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރީވެ މަސައްކަތްތައް ކުރުމުގެގޮތުން ސޯޝަލް ސެކްޓަރގެ މަސައްކަތްތައް ކަމާ ބެހޭފަރާތްތަކުގެ މަޝްވަރާއާއި އެކު ރާވާ، ވޯކްޕްލޭން އެކުލަވާލުމާއި ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުމާއި، އަހަރު ރިޕޯޓް ތައްޔާރުކުރުން އަދި މި މަސައްކަތް މޮނިޓަރކުރުމުގައި އެހީތެރިވެ، ޔުނިޓްގެ މުވައްޒަފުންގެ ތަމްރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ތަމްރީންތަކުގައި ބައިވެރިވެ، ބައްދަލުވުންތަކުގައި ޔުނިޓްގެ ފަރާތުން ބައިވެރިވެ، އިންޕުޓްދިނުން އަދި ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ސެކްޝަނުގެ ހެޑް ނެތް ހާލަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން އެ ސެކްޝަންއާ ހަވާލުވެ ޔުނިޓްގެ އިދާރީ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރކުރުމާއި ހަރުދަނާކުރުމަށް ބޭނުންވާނެ ކަންކަން ފާހަގަކޮށް އެކަންކަން ކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ ކަންކަން ޑިވިޝަންގެ ހެޑްއާއެކު ރޭވުން
- ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ގޮތުން ރާއްޖެއާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބަލައި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން/ފްރޭމްވޯރކް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުގެ މަޝަވަރާއާއި ލަފަޔާއެކު އެކުލަވާލުމުގެ މަސައްކަތްކުރުން އަދި ސެކްޓޯރަލް (ސޯޝަލް، އިކޮނޮމިކް، ގަވަރނަންސް، ތިމާވެށި އަދި އިންފްރާސްޓްރަކްޓަރ) މާސްޓަރ ޕްލޭންތަކާއި ސްޕޭޝަލް ޕްލޭންތައް، ސަރަޙައްދީ ޕްލޭންތައް، އަތޮޅު ޕްލޭންތައް، ރަށު ޕްލޭންތައް، ސަރުކާރުތަކުގެ މެނިފެސްޓޯތައް، އެސް.އޭ.ޕީތައް އަދި މިނޫންވެސް އެކިއެކި ސްޓްރެޓިޖިކް ޕްލޭންތަކާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި އެލައިންކުރެވިފައިވޭތޯ ކަށަވަރުކުރުން އަދި ޤައުމީ ތަރައްޤީގެ ޕްލޭންގައިވާ ކަންކަން ހާސިލްވާ މިންވަރު ބެލުން އަދި ޤައުމީ ތަރައްޤީގައި އިސްކަންދޭނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއިއެކުކޮށް، ބޭރުގެ އެހީއާއި ބަޖެޓް އެކުލަވާލުމުގައި މިކަމަށް ރިޔާއަތްކޮށް ލަފާދިނުމާއި ޤައުމީ ތަރައްޤީ އަދި އިންޓަވެންޝަންސް ބައްޓަންކުރުން އަދި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންއެކުލަވާލުމުގައި އިންޕުޓް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމިއްޔާތަކާއިއެކު ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ނޭޝަނަލް ޕްލޭނިންގ ޑިވިޝަން އާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތް ކުރުން އަދި ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ސެކްޓަރތަކުގެ ސްޓްރެޓަޖީ/އިންޑިކޭޓަރ ތައް ރިވިއުކޮށް ރިޕޯޓުކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތާއި ޑޭޓާ ހޯދައި ރިވިއު އެންޑް ރިޕޯޓިންގ ސެކްޝަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުންކުރުން.
- ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއިއެކު އެސް.ޑީ.ޖީސް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމަށް އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބެލުމަށް މޮނިޓަރިންގ ފްރޭމްވޯކްއެއް އެކުލަވާލައި ސެކްޓަރތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި އެސް.ޑީ.ޖީސްއާއި ގުޅިގެން ރާއްޖެ އާއި ރޭއްޖޭން ބޭރުގައި ބާއްވާ ވޯކްޝޮޕް/ސެމިނަރ/ ވެބިނަރ/ މީޓިންގތަކުގައި ރާއްޖެ ތަމްސީލްކޮށް މަޢުލޫމާތު ހިއްސާކޮށް އެސް.ޑީ.ޖީސް ހާސިލްކުރުމަށް ބޭނުންވާ ފަންޑިންގ ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ އެޖެންސީތަކާއި އަމިއްލަ ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރުން އަދި އ.ދ ގެ އެޖެންސީތަކުން ރާއްޖޭގެ އެސް.ޑީ.ޖީގެ ލަނޑުދަނޑިތަކާއި ގުޅިގެން ހަދާ ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުންކުރުން.
- ސަރުކާރާއި މިނިވަން މުއައްސަސާތައް، ޖަމިއްޔާތައް، އާންމު ފަރުދުންނާއި ޕްރައިވެޓް ސެކްޓަރ، އެކަޑީމިއާ އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ކަށަވަރުކުރުމުގެ ގޮތުން ޤައުމީ ތަރައްޤީ ބައްޓަންކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފާހަގަކޮށް އެފަރާތްތަކުގެ ލަފާ ހޯދުން އަދި ރަށު ލެވެލްގަޔާއި އަތޮޅު ލެވެލްގައި މި ލަނޑުދަޑިތަކަށް ވާސިލްވުމަށް ކުރެވޭނެ ކަންތައްތަކުގެ ތަމްރީން ދިނުމާއި އެސް.ޑީ.ޖީސް އާއި ބެހޭގޮތުން ހަދާ ރިޕޯޓްތަކަށް ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމުގައި ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
- ސަރަހައްދީ ތަރައްޤީ ބައްޓަން ކުރުމަށް ސިޔާސަތު ކަނޑައެޅުމާއި ޤައުމީ ލެވެލްގައި ސެކްޓަރތަކުގެ ލެވެލްގައާއި، ވަކި ވަކި ސަރަހައްދު، ފިޒިކަލް ޕްލޭނިންގ އަދި ސްޕޭޝަލް ޕްލޭން އަދި އައިލެންޑް ލެވެލްގެ ޕްލޭންތަކުގައި ރީޖަނަލް ޑިވެލޮޕްމަންޓް ގެނެވޭނެ ގޮތުގެ މަގު ފަހިކުރުރުމުގެ ގޮތުން ލަފަޔާ އިރުޝާދު ދީ ޤައުމީ ތަރައްޤީގެ ޕްލޭންއާއި ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޭމްވަރކް އެލައިންކޮށް އެކި ސިޔާސަތުތައް/ ސްޓެރަޓަޖީތައް މޮނިޓަރ ކުރުމުގެ ފްރޭމްވޯކްއެއް އެކުލަވާލައި މޮނިޓަރކުރުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހެއް ދިމާވާނަމަ އެކަމެއް ހައްލުކުރުމަށް ލަފާދިނުމާއި ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުން އެ މަސައްކަތްތައްކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެނަލިޓިކްސް
- އެންޓި-ކޮރަޕްޝަން ސްޓަޑީޒް
- އެޕްލައިޑް އިކޮނޮމިކްސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އިކޮނޮމިކްސް
- ބިޒްނަސް މެނޭޖްމަންޓް
- ކްރިމިނަލް ޖަސްޓިސް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- ޑިޕްލޮމެސީ
- އިކޮނޮމިކްސް
- އެންވަޔަރަމަންޓް މެނޭޖްމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމަންޓަލް ސައިންސް
- ޖެންޑަރ ސްޓަޑީޒް
- ގަވަރނަންސް
- ހިއުމަން ރައިޓްސް
- އިންޓަރނޭޝަނަލް އެފެއާޒް
- އިންޓަނޭޝަނަލް ރިލޭޝަންސް
- ލޯ އެންފޯސްމެންޓް
- މެނޭޖްމަންޓް އިކޮނޮމިކްސް
- ޕްލޭނިންގ
- ޕޮލިސީ މެނޭޖްމަންޓް
- ޕޮލިސީ ސްޓަޑީޒް
- ޕޮލިޓިކަލް ސައިންސް
- ޕޮޕިއުލޭޝަން ސްޓަޑީސް
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެފެއާޒް
- ޕަބްލިކް މެނޭޖްމަންޓް
- ޕަބްލިކް ޕޮލިސީ
- ރިސަރޗް
- ރިސަރޗް މެތަޑްސް
- ރިސަރޗް ސްޓަޑީސް
- ސެކިއުރިޓީ ސްޓަޑީސް
- ސޯޝަލް ޖަސްޓިސް
- ސޯޝަލް ޕޮލިސީ
- ސޯޝަލް ރިސާރޗް
- ސޯޝަލް ސައިންސް
- ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް
- ސްޓެރެޓީޖިކް މެނޭޖްމަންޓް
- ސްޓެރެޓީޖިކް ސްޓަޑީޒް
- ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް
- ޓޫރިޒަމް މެނޭޖްމަންޓް
- އާރބަން ޕްލޭނިންގ
- އަރބަން ޕޮލިސީ
- ޔޫތް ސްޓަޑީޒް
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ޕްލޭނިންގ އާގުޅޭ ސިޔާސަތު ނުވަތަ ސްޓްރެޓިޖީ އެކުލަވާލުމުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖުލައި 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 12 ޖުލައި 2026 އާއި 23 ޖުލައި 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|