ދިވެހިރާއްޖެ
ރުއްގަނޑު ވަރުވާއަށް ލިޔުމާއި ބެހޭ
މިރަށުގެ ބަނދަރުމަތީގައިވާ ރުއްތަކުގެ ތެރެއިން 01 އިން 15 އަށް ނަންބަރު ޖަހާފައިވާ 15 ރުކާއި، ރަށުގެ އުތުރު ފަރާތު އަތިރިމަތީގައިވާ، ކުރީގެ ޖަމިއްޔާ ރުއްގަނޑޭކިޔާ ރުއްތަކުގެ ތެރެއިން 01 އިން 22 އަށް ނަންބަރު ޖަހާފައިވާ 22 ރުކާއި، ވަށަފަރު ފުޓުބޯޅަ ދަނޑު އުތުރު ފަރާތުގައި 32 ން 35 އަށް ނަންބަރުޖަހާފައިވާ 04 ރުކާއި، ފުޓްބޯޅަ ދަނޑުގެ ދެކުނުފަރާތުގައި 38 ން 41 ށް ނަންބަރުޖަހާފައިވާ 04 ރުކާއި އެކު ޖުމްލަ 45 ރުއް އެންމެ މަތީއަގެއް ހުށައަޅުއްވާފަރާތަކަށް 2 އަހަރު ދުވަހަށް ވަރުވާއަށްދޫކޮށްލުމަށް ޤަސްތުކުރަމެވެ.
ވީމާ މިރުއްތައް ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 08 ޖުލައި 2026 ބުދަ ދުވަހުގެ 11:00 އަށް އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ރުއްގަނޑުގެ ވަރުވާއަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ސިޓީތަށް ކެނޑުން އޮންނާނީ ސިޓީ ހުށަހެޅުމަށް ދެންނެވިފައިވާދުވަހު ހަމަ އެގަޑީގައި، ވަޑައިގަންނަވާ ހުރިހާބޭފުޅުންގެ ހާޒިރުގައި މި އިދާރާގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.