|
މަޤާމު
|
އެނިއުމަރޭޓާރސް (ސުވާލުދާރުން)
|
|
މުސާރައާއި އިނާޔަތްތައް
|
ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ އެހެނިހެން އިނާޔަތްތައް ދެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 16/2015
|
|
ބޭނުންވާ އަދަދު
|
ޖުމުލަ 60 ސުވާލުދާރުން.
|
|
ބޭނުންވާ މުއްދަތު
|
ސާރވޭގެ ޓްރެއިނިންގ ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން. (4 މަހާއި 6 މަހާ ދެމެދުގެ މުއްދަތަށް).
|
|
ޝަރުޠު
|
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އަދި އެސް.އެސް.އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް
|
- އެކި މިޒާޖުގެ މީހުންނާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަން.
- އިނގިރޭސި އަދި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމުގެ ހުނަރު.
- އިސް ނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު.
- އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު.
- ސުޕަވައިޒަރު ދޭ އިރުޝާދުގެ ދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
- ބައިވެރިވެފައިވާ ސާރވޭތަކުގެ ތަޖުރިބާ.
- ގިނަ ދުވަސްވަންދެން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުން ސާރވޭ ކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް އެ ގޭގައި ދިރިއުޅޭ ސާރވޭ ކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް ކަނޑައެޅިފައިވާ އުސޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ.
މައިގަނޑު މަސައްކަތްތައް.
- މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓް އަދި ސާމްޕަލްގައިވާ ގޮތުގެ މަތިން ސާރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަ ކުރުން.
- ސާރވޭގައި ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ސުވާލު ކަރުދާސްތައް ފުރިހަމަ ކުރުން.
- ސާރވޭގައި ބައިވެރިވާ މީހުންނާ ސުވާލު ކަރުދާހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލު ކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަ ކުރެވިފައި ވޭތޯ ބަލައި ޗެކުކުރުމާއި އަދި އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
- ސާރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކު ވެސް މަސައްކަތްތައް ނިންމަމުންދާ ވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާއި މަޢުލޫމާތު ހިއްސާކުރުން.
- ސާރވޭ ކުރުމުގެ މެނުއަލްގައި، ސާރވޭ ކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.
ނޯޓު
* ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތް ކުރެވޭނީ މި ތަމްރީނު ނިންމުމަށް ފަހުއެވެ.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
ނޯޓު
* ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީޢާއިން ގަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ އީމެއިލްގެ ޒަރީޢާއިން ހިއްސާ ކުރައްވަން ތިރީގައި މި ދަންނަވާ އީ-މެއިލްއަށް ފޮނުވުން އެދެމެވެ.
[email protected] * |
|
ސުންގަޑި: 27 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.
|