ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)362/362/2026/13
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުންބޭރުގައި ދިރިއުޅޭ މީހުންގެ ދަފުތަރު އެކުލަވާލުން

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.                                  ނަމްބަރ:  (IUL)362/362/2026/13

 

އިޢުލާނު

ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ދަފްތަރު އެކުލަވައިލުމަށްޓަކައި އެމީހަކު ދިރިއުޅޭ ރަށަކާއި ހޭދަވީ މުއްދަތު ދެނެގަތުމާގުޅޭ

 

                  މުލަކަތޮޅު ރަތްމަންދޫ ރަށްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭމީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާތީ ރަށުންބޭރުގައި ދިރިއުޅޭފަރާތްތަކުން، އެމީހަކު ދިރިއުޅޭ ރަށަކާއި އެރަށުގައި ދިރިއުޅޭތާ ވީމުއްދަތު، މިދަފްތަރުގައި ހިމެނުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ލިއުންތަކުގެތެރެއިން ލިއުމެއް ހުށަހެޅުން އެދެމެވެ.

  • ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާއަދާކުރި ކަމުގެ ލިއުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިއުން (މިލިއުމުގައި ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ލިއުން ދޫކުރި ފަރާތުގެ ނަމާއި ސޮއި އަދި ސިއްކަ އޮންނަންވާނެއެވެ.)
  • އެމީހަކު ދިރިއުޅޭ ކަމަށް ބަޔާންކޮށްފައިވާ ރަށުގައި ދިރިއުޅެމުންދާ ގޭގެ ވެރިފަރާތުން އެމީހާ އެގޭގައި ދިރިއުޅޭކަމާއި އަދި ދިރިއުޅުނު މުއްދަތު ބަޔާންކޮށް ދީފައިވާ ލިއުން (މިލިއުމާއެކު ލިއުންދޫކުރީ ގޭގެ ވެރިފަރާތްކަން ނުވަތަ ކުއްޔަށް ހިފާފައިވާތަނެންނަމަ އެތަން ކުއްޔަށް ހިފާފައިވާ ފަރާތްކަން އެނގޭނެ ލިއުމެއް ހުށަހަޅަންވާނެއެވެ)
  • ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތް ނުވަތަ އެފަރާތުގެ ދަރިން އެރަށެއްގެ ސްކޫލަކުން ނުވަތަ ތަޢުލީމީ މަރުކަޒަކުން ތައުލީމު ޙާޞިލްކޮށްފައިވާކަމާއި އެ ސްކޫލް ނުވަތަ މަރުކަޒުގައި ހޭދަކުރި މުއްދަތު އެނގޭނެ ލިއުން.
  • ދައުލަތުގެ އިދާރާއަކުން އެއިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިއުންތަކާއި މުއާމަލާތުން، އެރަށެއްގައި ދިރިއުޅެން ފެށިތާރީޚް އަންގައިދޭ ލިއުމެއް.

މިއިން އެއްވެސް ލިއުމެއް ހުށަނާޅާ ފަރާތްތައް ރަށުން ބޭރުމީހުންގެ ދަފްތަރުގައި ހިމެނުނުކަމުގައިވިޔަސް އެމީހަކު ދިރިއުޅޭ ރަށަކާއި އެރަށުގައި ދިރިއުޅުނު މުއްދަތު ދަފްތަރުގައި ނުހިމެނޭނެ ކަމުގައިވެސް ދެންނެވީމެވެ.

މީމާ، މިކަން އާއްމުކޮށް އަންގައި އިޢޫލާނު ކުރީމެވެ.

      10 މުޙައްރަމް 1448   

      25  ޖޫން   2026

25 ޖޫން 2026