ތަމްރީނު
ނަންބަރު: (IUL)160-A/1/2016/18
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 21 ޖަނަވަރީ 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޙިފްޡް ކްލާހަށް ދަރިވަރުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ކުރިއަށް ގެންދާ ކުޑަކުދިންގެ ޙިފްޡް ކުލާސްތަކަށާއި ބޮޑެތި މީހުންގެ ޙިފްޡް ކްލާސްތަކަށް ވަނުމަށް ފުރުޞަތު ހުޅުވާލަމެވެ.

ކުޑަކުދިންގެ ޙިފްޡް ކުލާސްތައް

ޝަރުޠު:

1- އުމުރުން 7 އަހަރު ފުރިފައިވުން.

2- ކީރިތި ޤުރްއާނުގެ ކޮންމެ ތަނެއްވެސް ބަލައިގެން ފަރިތަކަމާއެކު ކިޔަން އެނގުން.

3- ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

ބޮޑެތި މީހުންގެ ޙިފްޡް ކުލާސް

ޝަރުޠު:

1- ކީރިތި ޤުރްއާން ފަރިތަކަމާއެކު ތަޖުވީދުގެ ހަމަތަކުން ކިޔަން އެނގުން.

2- އުމުރުން 18 އަހަރު ފުރިފައިވުން.

3- ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

ވީމާ، މި ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.  ބޮޑެތި މީހުންގެ ޙިފްޡް ކްލާހަށް ބައިވެރިން ހޮވުމުގައި ދަސްކޮށްފައިވާ ފޮތުގެ އަދަދަށާއި ޤާރީ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

11 ރަބީޢުލްއާޚިރު 1437       

 

21 ޖަނަވަރީ 2016