ދިވެހިރާއްޖެ
މިކައުންސިލުން ފެންހިންދުމުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސަރަހައްދުގެ ތެރެއިން ލ.އިސްދޫ ބޮޑު ފުޓްބޯޅަ ދަނޑުގެ ހުޅަނގު އުތުރަށް އޮތް ސަރަހައްދުގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް ރުއްގަހުގެ ވެރިން ހޯދުމަށް މިހާރުވާނީ ރަތްކުލައިގެ ދަވާދުން ރުއްތަކުގައި 01 އިން 203 އަށް ނަންބަރު ޖަހާފައެވެ.
ވީމާ، ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓްކޮށް، "ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން، ބަދަލުހޯދުމަށްއެދި ހުށައަޅާ ފޯމްތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.