ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AE/426/2026/177
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:07
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ ފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އިޢުލާން ބާޠިލުކުރުން
އިޢުލާން
އައްޑޫ ސިޓީ ފޭދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އިޢުލާން ބާޠިލުކުރުން
ޑައިވް ސެންޓަރ ހިންގުމަށް ފޭދޫ ބަނދަރު ސަރަޙައްދުން 2 ބިން ކުއްޔަށް ދޫކުރުމަށް 12 އޮގަސްޓް 2025 ގައި ކުރި މި އިދާރާގެ ނަންބަރު: (IUL)426-AE/426/2025/499 އިޢުލާން ބާޠިލުކޮށް އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.
އެ އިޢުލާން ބާޠިލުކުރީ ބިން ދޫކުރުމަށް ހަމަޖެއްސި ސަރަޙައްދާއި ކައިރީގައި ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މިހާރު ހިނގަމުންދާތީ، އެ މަސައްކަތް ނިމޭއިރު އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭތީ ކަމުގައިވެސް ދެންނެވީމެވެ.
09 މުޙައްރަމް 1448ހ.
24 ޖޫން 2026މ.
24 ޖޫން 2026