ދިވެހިރާއްޖެ
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 04 ވަނަ އާއްމު ޖަލްސާ (2026/13)
ޖަލްސާ ބޭއްވި ތާރީޚް: 18 ޖޫން 2026
ޖަލްސާ ބޭއްވި ގަޑި: 10:00 އިން 10:30 އަށް
ކައުންސިލްގެ ނިންމުން
1. މައްސަލައިގެ ޚުލާޞާ:
- 20-G/2025 (ލޯކަލް ކައުންސިލުގެ އުމުރު ހަމަވުމުގެ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި، ކައުންސިލުގެ އިޚްތިޞާޞުގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި، ކައުންސިލްތަކުން އެކަށައަޅައިފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައެޅިފައިނުވާ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކުން ޢަމަލުކުރާނެ ގޮތުގެ އުސޫލު)ގެ ސަބަބުން ބިންތަކުގެ އެއްބަސްވުން އައު ނުކުރެވި ހުރި މުއްދަތުގެ ކުއްޔާއި މެދު ގޮތެއް ނިންމުމާއި އަދި އެ ބިންތަކުގެ އެއްބަސްވުން 01 ޖުލައި 2026 އިން ފެށިގެން އައުކޮށްދިނުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ބިންތަކުގެ އެއްބަސްވުން އައު ނުކުރެވި ހުރި މުއްދަތުގެ ކުއްޔާއި މެދު ގޮތެއް ނިންމުމާއި އަދި އެ ބިންތަކުގެ އެއްބަސްވުން 01 ޖުލައި 2026 އިން ފެށިގެން އައުކޮށްދިނުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ރިޔާސަތުން މެންބަރުންނަށް ފުރުސަތު ހުޅުވާލުމުން، ފައިސާ ދެއްކުމުން އެއްބަސްވުން އައުކުރުމަށް އަދި ފައިސާ ނުދައްކައިފިނަމަ އެއްބަސްވުން އައު ނުކޮށްދެވޭނެކަމަށް ކައުންސިލް ކޮމެޓީ މަރުހަލާގަ ވަނީ މަޝްވަރާކުރެވިފައެވެ. އެހެން ކަމުން ކޮމެޓި މަރުހަލާގައި މަޝްވަރާކުރެވުނުގޮތަށް އެ ފަރާތްތަކަށް ސިޓީ ފޮނުވުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ނިމިފައެވެ.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2
2. މައްސަލައިގެ ޚުލާޞާ:
- ކުއްޔަށް ދޫކޮށްފައިވާ މަސްބިންތަކުގެތެރެއިން 2024 ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ ކުލި ނުދައްކާ ހުރި ބިންތަކާއި އަދި 2025 ވަނަ އަހަރުގެ އެއްބަސްވުން އައުނުކޮށްހުރި ބިންތަކާއި މެދު ޢަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ކުއްޔަށް ހިފާފައިވާ މަސްބިންތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ 2025 ވަނަ އަހަރުގެ އެއްބަސްވުމުގައި ސޮއި ނުކޮށްހުރި ފަރާތްތަކުން އެ މުއްދަތުގައި ބިން ބޭނުންކޮށްފައިވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ނުލިބި ވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން، އެ މުއްދަތުގަ އެފަދަ ބިމަކަށް ދައްކަންޖެހޭ ޖުމްލަ ކުއްޔާ ޖޫރިމަނާ ފައިސާ ކައުންސިލަށް ދެއްކުމުން އަލުން އެއްބަސްވުން ހަދައިދިނުން. އަދި މި ގޮތައް އެއްބަސްވުން ހަދައި ދިނުމުގައި މިފަދަ ކަމެއް ދެންތަކުރާރު ވެއްޖެނަމަ މިފަދަ ފުރުސަތެއް ނުދޭނެ ކަން ބަޔާންކޮށް ސިޓީ ފޮނުވުމަށް ކައުންސިލް މެންބަރު އަލްފާޟިލް ޢަބްދުﷲ ޒުހުރީ ހުށަހެޅުމުން ރިޔާސަތުން މިކަމަށް ވޯޓަށް އެއްސެވިއެވެ.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2