ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-HRS/199/2026/89
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 01 ޖުލައި 2026 13:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިސްއެބިލިޓީ ބެނެފިޓްސް އޮފިސަރ

                                                             

އިޢުލާނު

މަޤާމު:

ޑިސްއެބިލިޓީ ބެނެފިޓްސް އޮފިސަރ    

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ސެކްޝަން/ ޔުނީޓް

ޑިސެބިލިޓީ އެއިޑް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަހަކު 9495.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2850.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/75 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމާއި މާލީ އެހީދިނުމުގެ ޤާނުނުގެ ދަށުން ޤާއިމުކުރެވޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމަށް ސެކްޝަންގެ ފަރާތުން ތައްޔާރުކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި އަދި ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ސެކްޝަންގެ ފަރާތުން ޕޮލިސީ އެންޑް ޕްލޭނިންގ އަށް ފޯރުކޮށްދޭންޖެހޭ މައުލާމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ފޯރުކޮށްދިނުން.
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީއަށް އެދި ހުށަހަޅާ ފޯމުތައް އެ ފޯމުތަކާއެކު ހުށަހަޅާ ޞިއްޙީ ލިޔެކިއުންތައް އިވެލުއޭޓްކޮށް، "ޑިސެބިލިޓީ އައިޑެންޓިފިކޭޝަން އަދި ސެޓިފިކޭޝަން ގައިޑްލައިން"އާ އެއްގޮތަށް ޕްރޮސެސްކުރުން.
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީއަށް އެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން ފަންކްޝަނަލް އެސެސްމެންޓް "ދިރިއުޅުމުގެ ދާއިރާތަކުގައި ހަރަކާތްތެރިވެވޭ މިންވަރު" ހެދުމަށް ކޮމިޓީއިން ފޮނުވާ ފޯމުތަކަށް އެސެސްމަންޓު ހަދައި، އެސެސްމެންޓް ރިޕޯޓު ތައްޔާރުކޮށް ފޯމު ނިންމުމަށް ކަމާގުޅޭ ކޮމިޓީއަށް ހުށަހެޅުން.
  4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަށް އެދޭ ފަރާތްތަކުގެ ފޯމުތަކުގައި ހިމެނޭ މަޢޫލޫމާތު (ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާއްމު މަޢުލާމާތުގެ އިތުރުން، ހުރި ނުކުޅެދުންތެރިކަމާގުޅޭ މަޢުލޫމާތު - ޞިއްޙީ ލިޔެކިޔުންތައް) އައި، ސީ.ޑި ކޯޑިންގ އާއެއްގޮތަށް ޑޭޓާބޭސްއަށް އެޅުމަށްފަހު ވެރިފައިކުރުމަށް ސުޕަވައިޒަރަށް ފޮނުވުން.
  5. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމަށް ހަވާލުކުރުމުން އެ ފޯމުތަކާއެކު ހުށަހަޅާފައިވާ ޑޮކްޓަރ ނުވަތަ ތެރަޕިސްޓުގެ ލިޔުންތައް ޗެކްކޮށް އިވެލުއޭޓު ކުރުމަށްފަހު ފޯމަށް ގޮތަށް ނިންމުމަށް ކަމާގުޅޭ ކޮމިޓީއަށް ހުށަހެޅުން.
  6. ތެރަޕީއަށް އެދި ހުށަހަޅާ ފޯމުތަކާ އެކު ހުށަހަޅާ ޑޮކްޓަރީ ނުވަތަ ތެރަޕިސްޓުގެ ލިޔެކިޔުންތައް ޗެކްކުރުމަށް ފަހު ލިޔެކިޔުން ރަނގަޅުކުރުމަށް ނުވަތަ އިތުރު ލިޔެކިޔުންތައް ބޭނުންވާނަމަ ވެރިއެއްގެ އިރުޝާދުގެ ދަށުން ފޯމު ހުށަހަޅާ ފަރާތްތަކަށް މައުލޫމާތާއި ބޭނުންވާ އިރުޝާދުދީ، ފޯމުތައް ޕްރޮސެސްކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެސް.އެމް.އެސް ގެ ޒަރީޢާއިން އެ މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކަށް އެންގުން.
  7. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމަށް އެދި ހުށަހަޅާ ފޯމުތައް ކޮމިޓީއިން ނިންމުމުން، ފޯމުތަކަށް ޖަވާބު ދިނުން.
  8. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީދިނުމަށް އެކުލަވާލެވިފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ހާލަތު އަދި މައުލޫމާތު ބަދަލުވެފައިވާ ކަމުގެ މަޢުލޫމާތު އެޖެންސީއަށް ލިބުމުން ވެރިއެއްގެ އިރުޝާދުގެ ދަށުން އެ މަޢުލޫމާތު ޑިސެބިލިޓީ ޑޭޓާބޭސް އަށް އަދާހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީދިނުމަށް އެކުލަވާލެވިފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެހީ ދިނުމުގެ ގޮތުން ކޮންމެ މަހަކު އެހީ ލިބޭ ފަރާތްތަކުގެ ލިސްޓް ޑޭޓާބޭސްއިން ޖެނެރޭޓް ކުރުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހިމަކުރުމަށްފަހު ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  10. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހަމަޖެހޭ ފަރާތްތަކަށް ފައިސާ ޖަމާކޮށްދިނުމަށް ކަނޑައެޅޭ ޕޭމަންޓް ޝެޑިއުލް ތައްޔާރުކޮށް އެފަރާތްތަކާ ހިއްސާކޮށް އަދި އެކަމާގުޅޭގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިންނާ މުއާމަލާތްމަސައްކަތްތައް ކުރުން.
  11. ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހަމަޖެހޭ ފަރާތްތަކަށް ދޫކުރަންޖެހޭ މާލީ އެހީ ދޫކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  12. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް އެކަމަށް އެޑްރެސްކުރުމަށް ބޭނުންވާ މައުލޫމާތު ސެކްޝަންގެ ވެރިޔާއާ ހިއްސާކޮށް އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ޕޮލިސީ ޕްލޭނިންގއާ ގުޅިގެން ކުރުން.
  13. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީއާގުޅޭ މައުލޫމާތު ބެލެހެއްޓުމަށާއި އެހީގެ ލިސްޓް ތައްޔާރުކުރުމަށް ބޭނުންކުރާ ޑިސެބިލިޓީ ޑޭޓާބޭސް އަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެ ބަދަލުތައް ސެކްޝަންގެ ވެރިއާގެ އިރުޝާދުގެ ދަށުން ސޮފްޓްވެއަރ ޑިވެލޮޕަރއާ ހިއްސާކޮށް އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު އެ މައުލޫމާތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޝީޓުތަކަށް ފޯމެޓާއެއްގޮތަށް ރިކޯޑުކުރުމާއި މައުލޫމާތު އަޕްޑޭޓް ކުރުން.
  15. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އަދި ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކާ ގުޅޭ ތަފާސް ހިސާބު ކޮންމެ މަހަކު ތައްޔާރުކޮށް ވެރިއެއްގެ އިރުޝާދުގެ ދަށުން ޕޮލިސީ ޕްލޭނިންގ ޔުނިޓާ ހިއްސާކުރުން.
  16. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ތެރަޕީގެ އެހީއާ ގުޅިގެން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތްތައް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
  17. ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް އެހީ އެޕްރޫވުކުރެވޭ މުއްދަތުގައި މެދުކެނޑުމެއްނެތި ފައިސާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  18. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އަދި ތެރަޕީގެ އެހީ ދިނުމާ ގުޅޭ ކޮމިޓީގެ ސެކްރެޓޭރިއަޓުގެ އިދާރީ މަސައްކަތްތައް ކުރުން.
  19. ޑިސްއޭބިލިޓީ ޔުނިޓްގެ ޔައުމިއްޔާ ތައްޔާރުކޮށް އެ މައުލޫމާތު އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ފޮނުވުން.
  20. ސެކްޝަންގެ މަސައްކަތާ ގުޅޭ ރިޕޯޓު ތައްޔާރުކޮށް ދުވަހުން ދުވަހަށް ކަމާގުޅޭ ސެކްޝަނަށް ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ 
  2. އެކައުންޓިންގ އެންޑް ފައިނޭންސް 
  3. އެޑްމިނިސްޓްރޭޝަން 
  4. އޮޑިޓިންގ 
  5. ބިޒްނަސް 
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  7. ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން 
  8. ބިޒްނަސް މެނޭޖްމަންޓް 
  9. ކޮމާރސް 
  10. ކައުންސެލިންގ 
  11. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  12. ފައިނޭންސް 
  13. ފައިނޭންޝަލް މެނޭޖްމަންޓް 
  14. އިންޓަރނަލް އޮޑިޓިންގ 
  15. މެނޭޖްމަންޓް 
  16. ސައިކޮލޮޖީ 
  17. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  18. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  19. ޕަބްލިކް ފައިނޭންސް 
  20. ޕަބްލިކް މެނޭޖްމަންޓް 
  21. ސޯޝަލް ޕޮލިސީ 
  22. ސޯޝަލް ސައިންސް 
  23. ސޯޝަލް ސަރވިސަސް 
  24. ސޯޝަލް ވޯރކް 
  25. ސޯޝިއޮލޮޖީ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ

  • ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމާގުޅޭ ނުވަތަ ފައިސާއާއި ހިސާބު ބެލެހެއްޓުމާގުޅޭ ނުވަތަ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 01 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2026 ޖުލައި 05 އާއި 2026 ޖުލައި 30 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭކ.މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

  

24 ޖޫން 2026