ދިވެހިރާއްޖެ
|
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
|
މަޤާމް: |
އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ |
|
ވަޒީފާގެ ދާއިރާ: |
އދ. ދިއްދޫ އިންޖީނުގެ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: |
-/7,000 ރުފިޔާއާއި -/15,000 ރުފިޔާއާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15.00 |
|
އިންޓަވިއު: |
އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2. ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތައް. 3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުން. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. |
|
އިތުރު މަޢުލޫމާތު: |
މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. |
|
މި މަޤާމަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެގުމަށްފަހު، ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަޒީފާއަށް އެދޭ ފޯމާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 ޖަނަވަރީ 28 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ. |
|
|
9 ރަބީޢުލްއާޚިރު 1437 |
|