މަސައްކަތް
ނަންބަރު: (IUL)421/ESMSED/421/2026/18
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 02 ޖުލައި 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާބަކިއު ސަރަޙައްދެއް ތަރައްޤީ ކުރުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/18

ތާރީޚް

‏ 09 މުހައްރަމް 1448

 24 ޖޫން 2026

ބާބަކިއު ސަރަޙައްދެއް ތަރައްޤީ ކުރުން

            މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މިރަށުގެ އިރު ދެކުނުފަރާތު ( ދޮންކަމެނާ ބީޗް ) ކައިރީގައި ބާބަކިއު އޭރިއާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

           ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.އަދި މިމަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގް ގައި ބައިވެރިނުވާ ފަރާތްތަކުން ހުހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

02 ޖުލައި 2026

ހޯމަ

14:00

ޕްރީބިޑް މީޓިންގް ބާއްވާގަޑި

05 ޖުލައި 2026

އަންގާރަ

11:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

08 ޖުލައި 2026

ބުރާސްފަތި

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.  

 

                                                                  ލަމްޢާން ވަޙީދު

                                                                ކައުންސިލްގެ ރައީސް                                                          

24 ޖޫން 2026