މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2016/5
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 01 ފެބުރުވަރީ 2016 15:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހުގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.    

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 1 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހު 15:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 8 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 15:00 އަށް މި އޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

21 ޖަނަވަރީ 2016