ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުގެ ނަންބަރ 198-B/2026/59 (08 ޖޫން 2026) އިޢުލާނާ ގުޅިގެން 2026 ޖޫން 20 ވަނަދުވަހު ބޭއްވުނު ނީލަންކިއުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އަލުން ދެވަނަ ފަހަރަށް ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 ޖުލައި 04 ވާ ހޮނިހިރު ދުވަހުގެ 13:00 ގައި މި ޑިޕާޓްމަންޓުގައި އޮންނާނެއެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 ޖުލައި 04 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 އަށް މި ޑިޕާޓްމަންޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޭ bp.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ޑިޕާޓުމަންޓުގެ ނަންބަރު 3340815 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.