ނީލަން
ނަންބަރު: 113-CCD/I-2016/08
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި:
27 ޖަނަވަރީ 2016 14:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މުދާތައް ނީލަމުގައި ވިއްކާލުން
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަ ދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗް ލިސްޓުގައި)
- ނީލަން ކިޔުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގ ރޫމް-2 ގައި
- ނީލަން ކިޔަން ފެށުން: 27 ޖަނަވަރީ 2016 ވާ ބުދަަ ދުވަހު މެންދުރުފަހު 04:00 ން ފެށިގެން.
- ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 27 ޖަނަވަރީ 2016 ވާ ބުދަ ދުވަހު މެންދުރުފަހު 02:30 ގެ ކުރިން މި ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ނަން ނޯޓުކުރާ ފަރާތްތަކަށެވެ. ނަން ނޯޓު ކުރައްވާއިރު އައިޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ނީލަން ކިޔާ މުދާ ބެލުން: 26 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހު އަދި 27 ޖަނަވަރީ 2016 ވާ ބުދަ ދުވަހު ހެނދުނު 09:30 ން 11:30 އަށް
- ފައިސާ ދެއްކުމާއި މުދާ ގެންދިއުން:
- ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މި ކުންފުނިން ފޯރުކޮށް ދެވޭނެއެވެ.
- ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެ ވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެ މުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
ނީލަން ނިމޭ އަގު |
ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު |
||
500.00 |
ރ |
އާ ހަމައަށް އަގުގެ |
100% |
1,000.00 – 501.00 |
ރ |
އާ ހަމައަށް އަގުގެ |
25% |
10,000.00 – 1,001.00 |
ރ |
އާ ހަމައަށް އަގުގެ |
15% |
10,001.00 |
ރ |
އިން ފެށިގެން މައްޗަށް އަގުގެ |
10% |
- ލަސްވެގެން ނީލަން ނިމޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާއި ހަވާލުވާން ވާނެއެވެ.
- ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.
- މުދާ ދޫކުރެވޭނީ މި ކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މި ކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މި ކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
- ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މި ކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާތިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
- ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މި ކުންފުނީގެ ސްޓޯރޭޖް ފީއާ ބެހޭ ގަވާއިދުގެ މަތިންނެވެ.
- ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓައި ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
ނީލަމާބެހޭ މަޢުލޫމާތު މި ކުންފުނީގެ ވެބްސައިޓުން (www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.
18 ޖަނަވަރީ 2016