ދިވެހިރާއްޖެ
ހއ. ބާރަށު ވަލުތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތައް މިހާރަކަށް އައިސް، އަންދައި ކެނޑުމަށް ފަހު އެތަންތަނުގައި ފަތްކެޔޮ އިންދުން ވަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް، މި ކަމަކީ ދިވެހިރާއްޖޭގައި ހެދިފައިވާ " މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު " ( ޤާނޫނު ނަންބަރު 21/98 ) ގެ ދެވަނަ މާއްދާއިން މުޅިން މަނާ ކުރެވިފައިވާ ކަމެކެވެ. އަދި ފަތްކެޔޮ އިންދަންވާނީ ރަށު ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު މި އިދާރާއިން ކަނޑައަޅާ ތަނެއްގައި ކަމުގައިވެސް ދަންނަވަމެވެ.
މިކަމަކީ ތަކުރާރުވަމުންދާ ކަމަކަށްވާތީ، މި އިދާރާގެ ނަންބަރު (IUL)257-ESM/257/2025/94 ( 26 އޮކްޓޫބަރު 2025 ) އިޢުލާނުގައި މިފަދަ ކަންތައް ނުކުރުމަށް އަންގައި ، މިފަދަ ޢަމަލްތައް ކުރާ ފަރާތްތަކާއި މެދު ޤާނޫނާ ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅޭނެ ކަމަށް ދަންނަވާފައިވާނެއެވެ.
އަދި މި އިދާރާގެ ނަންބަރު (IUL)257-ESM/257/2026/39 ( 03 މޭ 2026 ) އިޢުލާނުން މިގޮތަށް އިންދާފައިވާ ފަތްކެޔޮ އެތަންތަނުން ނެގުމަށް އަންގާފައި ވާނެއެވެ.
ވީމާ، މިގޮތަށް އިންދާފައިވާ ފަތްކެޔޮ މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެތަންތަނުން ނެގުމަށް ދަންނަވަމެވެ. އަދި މި މުއްދަތަށް ފަހު ، އެތަންތަނުން ނަގާފައި ނުވާ ފަތްކޭލާމެދު އޮންނަ އުޞޫލުގެ މަތީން ޢަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގުމަށްޓަކާއި އިޢުލާން ކުރީމެވެ.