ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23/1/2026/17
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 30 ޖޫން 2026 13:00
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ/ ފ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރ

އިޢުލާނު

މަޤާމު:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-456811    

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 5 ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރ

ޑިވިޜަން/ ސެކްޝަން/ޔުނިޓް

އެޑްމިނިސްޓްރޭޓިވް ޔުނިޓް

މުސާރަ:

9495.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2850.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި
  • ހާޟިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ ބަޖެޓާ ގުޅުންހުރި އެންމެހާ ކަންކަން ސެންޓަރު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  2. އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ ބަޖެޓު ތައްޔާކުރުކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސެންޓަރު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  3. މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރަންޖެހޭ ހުރިހާ ބަޖެޓްއެކައުންޓްތަކުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް،FM ރިޕޯޓް ޗެކްކުރުމާއި ގަވާއިދުން އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ބަޖެޓް ފޯކާސްޓް ކުރުމާއި ބަޖެޓުޕްލޭން ތައްޔާރުކޮށް ބެލެހެއްޓުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހަ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  5. ޕެޓީކޭޝް ފައިސާ އިން ފައިސާ ދޫކުރުމާއި، ޖަމާކުރުމާއި ގަވާއިދުން ރެކޯޑްތައް ބެލެހެއްޓުމާއި، ޕެޓީކޭޝްއާ ގުޅުންހުރި އެންމެހައި މަސައްކަތަކާ ތިޖޫރީ ބެލެހެއްޓުން.
  6. ކޮންމެ މަހެއްގެ ޚަރަދުކުރެވުނު ގޮތުގެ ރިޕޯރޓާއި ބަޖެޓުގެ ބާކީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އަންގާފަ އޮންނަ މުއްދަތަށް މިނިސްޓްރީއާއި ޙިއްސާކުރުން.
  7. އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ އޮޑިޓް މަސައްކަތްތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، މިނިސްޓްރީގެ ކަމާ ގުޅުންހުރި ފަރާތްތަކުން އަންގާ ގޮތެއްގެމަތިން ޖަވާބުދޭންޖެހޭ މުއްދަތުތަކަށް ޖަވާބުދިނުން.
  8. ސެންޓަރުން ކުރަންޖެހޭ ދަތުރުތަކާއި ހޯދަންޖެހޭ ތަކެތި ހޯދުމުގައި ބަޖެޓް ޔުނިޓުން ކުރަންޖެހޭ ކަންކަން ޔުނިޓް ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  9. ސެންޓަރަށް ހޯދާ ތަކެއްޗަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަންޖެހޭ މުއްދަތުގައި ކުރުމާއި ޤަވާއިދުން އެފަދަ ތަކެތީގެ ލިޔެކިއުންތައް ހަމަކޮށް ފައިލްކޮށް ބެލެހެއްޓުން.
  10. އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ ބަޖެޓާ ގުޅުންހުރި ލިޔެކިޔުންތަކާއި ރިކޯޑްތައް ފައިލްކުރުމާއި ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމުގެ މަސައްކަތް ސެންޓަރު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  11. ކޮންމެ އަހަރެއްގެ ފައިނޭޝަލް ސްޓޭޓްމަންޓް އެކުލަވާލައި މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  12. މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެންޓަރު ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
  13. މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލްގެ ދަށުން މަސައްކަތް ކުރުން.
  14. މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ ނުވަތަ އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ

އެކައުންޓިންގ އެންޑް ފައިނޭންސް

އޮޑިޓިންގ 

އޮޑިޓިންގ އެންޑް ފްރޯޑް އިންވެސްޓިގޭޝަން 

ބޭންކިންގ 

 ބިޒްނަސް

ކޭޝިއަރިންގ

 ކޮމާރސް

ކޯޕަރޭޓް ފައިނޭންސް

ފައިނޭންސް

ފައިނޭންޝަލް އިކޮނޮމިކްސް

ފައިނޭންޝަލް އިންޖިނިއަރިންގ 

ފައިނޭންޝަލް މެނޭޖްމަންޓް

ފައިނޭންޝަލް މާކެޓްސް 

ފައިނޭންޝަލް ޕްލޭނިންގ

ފޮރެންސިކް އެކައުންޓިންގ

އިންޓަރނަލް އޮޑިޓިންގ

އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް

އިސްލާމިކް ފައިނޭންސް 

ޕަބްލިކް ފައިނޭންސް 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

1. ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް

2. ބޭންކިންގ ގެ މަސައްކަތްތައް

3. އިންޝުއަރަންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

4. އޮޑިޓިންގ ގެ މަސައްކަތްތައް

5. އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް

6. އެޝުއަރަންސް ސަރވިސަސްގެ މަސައްކަތްތައް

7. އެކައުންޓިންގ ގެ މަސައްކަތްތައް

8. ފައިނޭންސްގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) Annex 2 - Application form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖޫން 2026 ގެ 13:00 ގެ ކުރިން،

 ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ. އަދި ފ.ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުމުންވެސް ފޯމް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު/ އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެކްޓިކަލް އޮންނާނީ،1 ޖުލައި 2026 އާއި 31 ޖުލައި 2026 އާ ދެމެދު، ފ.ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3027576 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 ޖޫން 2026