ނީލަން
ނަންބަރު: (IUL)414/414/2016/1
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:21
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން ބާޠިލުކުރުން

އިޢުލާން

އިޢުލާން ބާޠިލުކުރުން.

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަސްނަގާ ބޯޓެއް ކަމަށްވާ "kavindi Mirussa" ބޯޓާއި އެބޯޓުގައިވާ އެންމެހާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު IUL)414/414/2015/1022)ފ(17 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން ނީލަމުގައި ބައިވެރިވެފައިވަނީ އެންމެ 2 ފަރާތްކަމަށްވެފައި، އަދި އެ ދެފަރާތުން ވެސް މިއިދާރާއަށް އަގު ހުށަހަޅާފައިވަނީ ގުޅިގެން ކަމަށް ފާހަގަ ކުރެވޭތީ، މި އިޢުލާން ބާޠިލު ކުރެވިފައިވާ ކަމަށް ދަންނަވަމެވެ.

ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016