ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2016/3
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 26 ޖަނަވަރީ 2016 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އޮފީސް އެސިސްޓެންޓް ގްރޭޑް 1 (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އޮފީސް އެސިސްޓެންޓް (ކޮންޓްރެކްޓް)

އަސާސީ މުސާރަ: -/3,500 ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: ދުވާލަކަށް ދުވަހަކަށް 143/33 (ސަތޭކަ ސާޅީސް ތިންރުފިޔާ ތިރީސް ތިންލާރި)

މަސައްކަތް ކުރަންޖެހޭ ތަން: އޮޑިޓަރ ޖެނެރަލްގެ އޮފީސް ސަރަހައްދީ ގޮފި (ސ. ހިތަދޫ)

އަސާސީ ޝަރުޠު:

  1. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ؛
  2. މަސައްކަތު މީހެއް ނުވަތަ ޕިއޯނެއްގެ މަޤާމުގައި 3 އަހަރުދުވަހު އުޅެ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠު:

  1. މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކުކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.
  5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއްހުރި މީހަކުކަމުގައި ނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ނޯޓު : މި މަޤާމަށް މީހަކު ހޮވުމުގައި ސައިކަލު ނުވަތަ ބައިސްކަލު ދުއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މި އޮފީހުން އެކިފަރާތްތަކަށް ފޮނުވާ ސިޓީއާއި، އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
  2. އޮފީހުން އަންގާގޮތެއްގެމަތިން އޮފީސް ހުޅުވައި ލެއްޕުން.
  3. އޮފީސް އިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  4. އޮފީހުގެ މަރާމާތްތަކުގެ މަސައްކަތުގައި އެހީތެރިވުން.
  5. އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
  6. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ، އަސާސީ ޝަރުޠު ހަމަވެ، ސެޓްފިކެޓް ލިބިފައިނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި:

- 2016 ޖަނަވަރީ 26 ވާ އަންގާރަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގުގެ 1 ވަނަ ފަންގިފިލާ)

- އީމެއިލް ކުރާނަމަ، އީމެއިލްކުރާނީ، [email protected] މި އީމެއިލް އެޑްރެހަށެވެ.

- އީމެއިލުން އެޕްލިކޭޝަން ފޮނުވާ ފަރާތްތަކަށް، އެޕްލިކޭޝަން ލިބުނުކަމުގެ ރިސިޕްޓް ފޮނުވޭނެއެވެ.

އިންޓަވިއު:

މި  މަޤާމުގެ  އިންޓަވިއު  ޕްރޮސެސްއަށް  ޝޯޓް ލިސްޓު  ކުރެވޭނީ،  މަޤާމަށް  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  ތެރެއިން  ތަޢުލީމީ  ފެންވަރަށާއި،  މަސައްކަތުގެ  ތަޖުރިބާއަށް  ބަލައި،  އެންމެގިނަ  ޕޮއިންޓް  ލިބުނު  ފަރާތްތަކުގެ  ތެރެއިން  މި  އޮފީހުން  ކަނޑައަޅާ  އަދަދެއްގެ  ފަރާތްތަކެވެ. އިންޓަވިއުއަށް  ޝޯޓް  ލިސްޓުކުރެވުނުކަން  އަންގާނީ،  ޝޯޓް  ލިސްޓުކުރެވުނު  ފަރާތްތަކަށް  އެކަންޏެވެ. އެނޫން  ފަރާތްތަކަށް  އެކަން  ލިޔުމަކުންނެއް  ނާންގާނެއެވެ. އިންޓަވިއުއަށް  ޝޯޓް  ލިސްޓުކޮށް  ނިމުމުން،  އެކަން  މި  އޮފީހުގެ  ވެބްސައިޓުގައި  ޝާއިޢުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348200  ނަންބަރު  ފޯނަށެވެ. ފެކްސް  ނަންބަރަކީ،  3316430  އެވެ. އީމެއިލް  އެޑްރެހަކީ،  [email protected]  އެވެ.  

4 ރަބީޢުލްއާޚިރު 1437

 

 

                 

14 ޖަނަވަރީ 2016