ދިވެހިރާއްޖެ
ނީލަމާއިބެހޭ މަޢުލޫމާތު
މިއިދާރާގެ ބެލުމުގެދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:30 ގައި ވެލާނާގެ، 8ވަނަ ފަންގިފިލާގައިއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
|
ކޯޑް |
މުދާ |
ރޭޓް |
އަދަދު |
ނީލަންކިޔަން ފެށޭނެ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު |
|
MoE001 |
އޮފީސް ގޮނޑި(މީޑިއަމް ބެކް) |
200.00ރ |
04 |
800.00ރ |
2.00ރ |
|
MoE002 |
އޮފީސް ގޮނޑި(ހައި ބެކް) |
500.00ރ |
2 |
1000.00ރ |
2.00ރ |
|
MoE003 |
އޮފީސް ގޮނޑި(ލޯ ބެކް) |
150.00ރ |
1 |
150.00ރ |
2.00ރ |
|
MoE004 |
މޮނިޓަރ(ޑެލް) |
300.00ރ |
16 |
4800.00ރ |
2.00ރ |
|
MoE005 |
މޮނިޓަރ (އޭސަރ) |
300.00ރ |
4 |
1200.00ރ |
2.00ރ |
|
MoE006 |
މޮނިޓަރ (ލެނޯވޯ) |
300.00ރ |
1 |
300.00ރ |
2.00ރ |
|
MoE007 |
މޮނިޓަރ (ސެމްސަންގ) |
300.00ރ |
1 |
300.00ރ |
2.00ރ |
|
MoE008 |
އޮފީސް މޭޒު |
500.00ރ |
1 |
500.00ރ |
2.00ރ |
|
MoE009 |
ޕެޑެސްޓަލް |
100.00ރ |
1 |
100.00ރ |
2.00ރ |
|
MoE010 |
ފައިލިންގ ކަބަޑު |
270.00ރ |
1 |
270.00ރ |
2.00ރ |
|
MoE011 |
ސަރވާ |
1500.00ރ |
1 |
1500.00ރ |
5.00ރ |
|
MoE012 |
ސްކޭނަރ |
1500.00ރ |
1 |
1500.00ރ |
5.00ރ |
ނީލަންކިޔުމުގެ އުސޫލު
1- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
2- ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
3- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
4- ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
5- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
22 ޖޫން 2026
ވެލާނާގެ، 8ވަނަ ފަންގިފިލާ ، އަމީރު އަޙުމަދު މަގު 20096، މާލެ، ދިވެހިރާއްޖެ
ފޯނު:3323262، ފެކްސް 3321201، އީ.މެއިލް: [email protected] ވެބްސައިޓް www.moe.gov.mv