ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2026/25
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 30 ޖޫން 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރަށް މުދާ ބޭލުމާއި އޮޑި ދޯނި ޑިންގީ ފަދަ ތަކެތި އަޅާފައި ބޭއްވުމާއި ގުޅޭ:

   އިންނަމާދޫ ބަނދަރު ސރަހައްދުގައި ގާއިމްކޮށްފައިވާ އޭ.ޓީ.އެމްއިން ފެށިގެން އިރުމައްޗަށް އަރާފޭބުމަށް ހަދާފައިވާ ސިޑިއާއި ދޭތެރޭގައި މުދާ ބާލަން ނޫން ގޮތަކަށް އޮޑިދޯނިފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެކެވެ. އަދި މި ދެންނެވި ސަރަހައްދައް ބާލަންވާނީ ދުވަހުން ދުވަހަށް ގެންދެވޭ މުދަލާއި ތަކެތި އެކަންޏެވެ. ދުވަހުން ދުވަހަށް ނުގެންދެވޭ ލަކުޑި، ހިލަ، ހިލަވެލި، ސިމްނެތި އަދި ދަގަނޑު ފަދަ އިމާރާތް ކުރުމަށް ބޭނުންކުރާފަދަ އެންމެހާ ތަކެތި ބާލަންވާނީ އޭ.ޓީ.އެމް އިން ފެށިގެން ހުޅަނގު ސަރަހައްދަށް ކަމާއި، މިގޮތުން ބޭލޭ ބަރުމުދާ ބޭލުމަށް އެކްސްކަވޭޓާރު ޕޭވްމަންޓް ގާތައް މައްޗަށް އަރުވަންވާނީ ކައުންސިލްގެ ހުއްދަ ހޯދައި ގާތައް ހަލާކުނުވާގޮތައް ދަގަނޑު ޓިނު، ލަކުޑި ނުވަތަ ފިލާ ފަދަ ތަކެތި އަޅައިގެންނެވެ.

ބަނދަރު ސަރަހައްދުގައި ބެހެއްޓޭ އެންމެހާ މުދާ ނެގުމަށްފަހު އެސަރަހައްދު ސާފުކޮށް ކައުންސިލަށް ދައްކަންވާނެއެވެ. މިގޮތުން ބެހެއްޓޭ ހިލަ އަދި ހިލަވެލި ފަދަ ތަކެތި ބަހައްޓަންވާނީ ގޯނިތައް ހަލާކުނުވާގޮތައް ސަތަރި އަޅާ އެސަރަހައްދު ސާފުކޮށް ބެލެހެއްޓޭ ގޮތަށެވެ. މިގޮތައް އަމަލުކުރަން ނިންމިފައިވަނީ މިހާރަކަށް އައިސް ވަކި ތަނެއް ބެލުމެއްނެތި ބަނދަރަށް މުދާ ބޭލުމާއި ކޮންކްރީޓް މަސައްކަތް ކުރަން ގެންނަ ތަކެތި ގޯނި ހަލާކުވެ ބިންމައްޗަށް އެޅި ސާފުނުކޮށް ބެހެއްޓުމުގައި ދަތިތަކާއި ދަތިތަކާއި ކުރިމަތިލާންޖެހި އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކުރާ ފަރާތްތަކުން އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީއާއި ބަނދަރު ބެލެހެއްޓުމަށް ހެދިފައިވާ ނަންބަރު  2013/R-844 ގެ ޤަވައިދަށް އަމަލުކުރުމުގެ ގޮތުންނެވެ. އެހެން ކަމުން މިދެންނެވި ޤަވައިދާއި ހިލާފުވާ ފަރާތްތަކާއި ދޭތެރޭގައި ޤަވައިދާއި އެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި ހުރިހާ ރައްޔިތުންވެސް އާއްމު މަސްލަހަތު ހިފަހައްޓާ ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖޫން 2026