ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ޑްރައިވަރ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
|
މަޤާމުގެ ރޭންކް: |
އެސް. އެސް. 2 |
|
މުސާރަ: |
މަހަކު -/3470 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|
އޮފީސް: |
ގދ. ރަތަފަންދޫ ޞިއްޙީ މަރުކަޒު |
|
ތަޢުލީމާއި ތަޖުރިބާ: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. 3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކަށްވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޞިއްޙީ މަރުކަޒަށް އިމަރޖެންސީގައި ގެންނަންޖެހޭ ބަލިމީހުން ގެނައުން. 2. އެހެނިހެން ބަލިމީހުން ގެންނަން ޖެހިއްޖެނަމަ ގެނައުމާއި، އޮފީހުން އަންގާގޮތެއްގެމަތިން އެމްބިއުލާންސުން ދަތުރުތައް ކުރުން. 3. އެމްބިއުލާންސް ސާފުތާހިރުކޮށް ގެންގުޅުމާއި ބެލެހެއްޓުން. |
|
އާންމުކޮށް މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް: |
ގދ. ރަތަފަންދޫ ޞިއްޙީ މަރުކަޒު |
|
އާންމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑި: |
ޝިފްޓް އުސޫލުން މި މަރުކަޒުން ކަނޑައަޅާ ގަޑިތަކުގައި (ޝިފްޓެއްގައި 7 ގަޑިއިރު ނުވަތަ 8 ގަޑިއިރު) |
|
ޢިނާޔަތްތައް: |
ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ފޯމު 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް. 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި، ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.) 7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް މާކުހެއް ނުލިބޭނެއެވެ. |
|
ސުންގަޑި: |
2016 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ގދ. ރަތަފަންދޫ ޞިއްޙީ މަރުކަޒަށް. |
|
އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު: |
ގދ. ރަތަފަންދޫ ޞިއްޙީ މަރުކަޒުގައި، 2015 ފެބުރުވަރީ ފުރަތަމަ ހަފްތާގެ ތެރޭގައި. ނޯޓް: މި ވަޒީފާއަށް އެދޭ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6840095 ނަންބަރު ފޯނަށެވެ. - ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. |
8 ރަބީޢުލްއާޚިރު 1437