ދެންނެވުން
ނަންބަރު: A/IUL/344/2026/28
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:38
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗާއި ގުޅިފައިވާ މަގު ސާފުކުރުން

އިޢުލާން

ގޯއްޗާއި ގުޅިފައިވާ މަގު ސާފުކުރުން:

ރަށުގެ ބައެއް ގޯތިތަކުގެ މަގުތަކުގައި ވިނަގަސްފަޅާ މަގުސާފުނުކުރެވި ގިނަދުވަސްތަކެއްވެފައިވާކަމާއި، ގޭގެއިން މަގަށް ރުއްގަހުގެ ފަނާއި ގޮފި ނިކުމެ މަގުގެ ބޭރަށް ހުރުމުގެ ސަބަބުން އެކިއެކި ފަރާތްތަކަށް ތަފާތު ދަތިތަކާއި ކުރިމަތިވެފައިވާކަމާއި އަދި މި އިދާރާގެ ހުއްދަނެތި ބައެއް ފަރާތްތަކުން މަސައްކަތްކުރުމަށް ބޭނުންކުރާ ތަކެތި ބަހައްޓާފައިވާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، މަގުތައްސާފު ކުރުމަށާއި މަގަށްނުކުމެފައިވާ ރުއްގަސް ކޮށާލައި އަދި މަގުތަކުގައި ބެހެއްޓިފައިވާ ތަކެތި މިއިދާރާއިން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުއްދަ  ހޯއްދަވައިގެން  މަގުގައި ބެހެއްޓެވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އެންމެހާ ފަރާތްތަކުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22 ޖޫން 2026